twitterviber whatsapp telegramfacebookyoutube instagram
25th April 2024

މޫނުގައި ބިހިނެގުން ހުއްޓުވަން ބޭނުންތަ؟

Aug 15, 2015

މޫނަކީ ތިމާގެ ރީތިކަން ދައްކައިދޭ އެންމެ މުހިއްމު އެއްތަނެވެ. މޫނު ރީތި ކޮށްބެހެއްޓުމަށް އެތައްބައިވަރު މަސައްކަތެއް ކުރާއިރުވެސް، ހައްލު ކުރަން އުނދަގޫ އެއްކަމަކީ ބިހިނެގުމެވެ. ނަމަވެސް ބިހިނެގުން ހުއްޓުވާލުމަކީ ކެއުމުގެ ބައެއް އާދަތަކަށް ގެންނަ ބަދަލަކުން ކޮށްލެވިދާނެ ކަމެކެވެ. މޫނުގެ އެކި ހިސާބުގައި ބިހި ނަގަނީ ހަށިގަނޑުގެ އެެތެރޭގެ ގުނަވަންތަކުގައި މައްސަލަ އުޅޭތީ އެވެ. ނުވަތަ އެއަށް ބޭނުންވާ ރަގަނޅު ކާާނާ ނުލިބި މާގިނައިން ތައްޔާރީ ކާނާ ބޭނުން ކުރެވޭތީ އެވެ.

އެގޮތުން މޫނުގެ އެކި ހިސާބިގައި ބިހި ނަގާ ސަބަބު ބަލާލަމާ ހެއްޔެވެ.

ނިއްކުރި

އެގޮތުން ނިއްކުރީގައި ބިހި ނަގަނީ ހަޖަމް ކުރާ ނިޒާމްގައި މައްސަލަ އުޅޭތީ އެވެ. ހާއްސަކޮށް ތެޔޮގިނަ ކާނާ ބޭނުން ކުރުމުން ހަޖަމް ކުރުމަށް އުދަނގުވެއެވެ. މި ފަދަ މައްސަލައެއް އެޅޭނަމަ، ގިނައިން އެންޑިއޮކްސިޑެންޓް ކާނާ ބޭނުން ކުރާށެވެ. މިސާލަކަށް، ގްރީން ޓީ، ލުނބޯ ފަނި، ނުވަތަ ބެރީސް ގިނައިން ކާށެވެ.

ނިއްކުރީގެ ތިރި ބުމަ ކައިރި

ބުމަ ކައިރީގައި ނުވަތަ ނިއްކުރީގެ ތިރީގައި ބިހި ނަގަނީ މާ ގިނައިން ވިސްނާ ހަމައަށް ނިދި ނުލިބޭތީ އެވެ. ސްޓްރެސް ނުވަތަ ޑިޕްރެޝަންގެ ސަބަބުން ވެސް މިހެން ދިމާވެ އެވެ. މިހެން ދިމާވާނަމަ އަވަހަށް ނިދުމަށް އާދަ ކުރާށެވެ. އަދި ނިދުމުގެ ކުރިން ހިތްހަމަ ޖައްސާލުމަށް ކޮންމެވެސް ކަމެއް ކުރެވިދާނެ އެވެ.

ނޭފަތް

ނޭފަތް ރަމްޒުކޮށް ފެނީ ހިތެވެ. ހާއްސަކޮށް ބްލަޑް ޕްރެޝާ އަދި ސްޓްރެސް ވާނަމަ ނޭފަތުގައި ބިހި ނަގައެވެ. އެހެންނަމަ ހިތްހަމަޖެހޭނެ ފަދަ ކަމެއް ކުރެވިދާނެ އެވެ.

ބުމަ

ބުމައިގައި ބިހި ނަގަނީ ލިވާރ ގައި މައްސަލަ އުޅޭތީ އެވެ. މާ ގިނައިން ސަރުބީ ހިމެނޭ ކަނާ، ނުވަތަ އަލްކްހޯލް ހިމެނޭ ބުއިންތައް ބޭނުން ކުރާނަމަ ލިވާރ ގައި މައްސަލަ ޖެހެއެވެ.

ކޯ

ކަނާތް ފަރާތު ކޮލުގައި އަދި ވާތް ފަރާތު ކޮލުގައި ބިހި ނަގަނީ ދެ ސަބަބަކާ ކުރެއެވެ. ވާތް ފަރާތު ކޮލުގައި ބިހި ނަގަނީ ލަންގްސް ގައި މައްސަލަ އުލޭތީ އެވެ. އެލާޖީއެއްގެ ސަބަބުން ނުވަތަ މާގިނައިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ވެސް ކޮލުގައި ބިހި ނެގުމުގެ މައްސަލަ ކުރިމަތި ވެއެވެ.

ތުންފަތް ކައިރި އަދި ދަތްދޮޅި

ތުންފަތް ކައިރީގައި ނުވަތަ ދަތްދޮޅީގައި ބިހި ނަގަނީ ބަނޑުގެ މައްސަލަ އުޅޭތީ އެވެ. ވީމާ ތައްޔާރީ ކާނާ ދޫކޮށްލާ ފައިބާ ލިބޭ ކާނާތައް ގިނައިން ބޭނުން ކުރާށެވެ. އެގޮތުން މޭވާ އާއި ތަރުކާރީ ގްރެއިން ހިމެނޭ ކާނާ ބޭނުން ކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355