ޕޮލިސް ސްޓްރެޓެޖިކް ފޯރަމް 2015 ށ. ފުނަދޫގައި މިދިޔަ ހޯމަދުވަހު ފެށިގެން ކުރިއަށް އެބަދެއެވެ.
ލީގަލް ސަރވިސް ޑިޕާޓުމަންޓުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ށ.އަތޮޅުގައި ޕޮލިސް ސްޓްރެޓީޖިކް ފޯރަމް މާދަމާއާއި ހަމަައަށް ކުރިއަށް ގެންދާނެ އެވެ.
މި ފޯރަމްގެތެރެއިން ފުލުހުންގެ ހިދުމަތުގެ އެންމެ މުހިއްމު އެއްބައި ކަމުގައިވާ އެކިއެކި ޖިނާއީ މައްސަލަތަކުގެ ތަހުގީގުގެ މަސައްކަތްތަކަށް ބަދަލުތައް ގެނެސް ހަލުވި ކަމާއެކު މައްސަލަތަކުގެ ތަހުގީގު މަސައްކަތް ނިންމައި އިތުބާރާއި ޔަގީންކަން ދެމެހެއްޓިގެންދާނެ ފަދަގޮތަކަށް ތހުގީގުތައް ބައްޓަން ކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރެވިގެން ދާނެއެވެ.
އޭގެ އިތުރުން މި ފޯރަމްގައި ފުލުހުންގެ ތަހުގީގުތަކާއޮ ގުޅޭ އެންމެހައި ކަންކަމުގައި ދިމާވާ ދަތިތަކާއި އެ ދަތިތަކަށް ހޯދިދާނެ ހައްލުތަކާ ބެހޭ ގޮތުނާއި ފުލުހުންގެ އިދާރާގައި ހިމެނޭ އެކި ސްޓޭޝަންތައް ހިންގުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ށ. ފުނަދޫގައި މިހާރު ކުރިއަށްދާ ސްޓްރެޓެޖިކް ފޯރަމުގެ ތެރެއިން–ފޮޓޯ: މުސްތޮ
ފޯރަމް މޮޑަރޭޓް ކޮށްދެއްވަނީ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މައްނާން ޔޫސުފާއި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ނޯތު ވިންގުގެ ހެޑް ޗީފް ސުޕުރިންޓެންޑެންޓު އޮފް ޕޮލިސް މުހަންމަދު ރިޔާޒެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ހއ، ހދ، ށ، ނ، އއ، އދ، ބ، ރ، ޅ، އަދި ކ އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރާ އިސް ފުލުހުން ބައިވެރިވެވަޑައިގަންނަވައެވެ