twitterviber whatsapp telegramfacebookyoutube instagram
1st April 2026

ޕީރިއަޑް ދުވަސްވަރު ބަނޑުގައި ރިހޭނަމަ ހައްލެއް

Aug 26, 2015

ޕީރިއަޑް ދުވަސްވަރު ބަނޑުގައި ރިހުން އަދި ވަރުބަލިވުން މިއީ ގިނަ އަންހެން ކުދިންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ބަނޑުގައި ރިހުން ހުއްޓުވުމަށް ބޭސް ބޭނުންކުރާ ކުދިންވެސް މަދެއް ނޫނެވެ. ނަމަވެސް މިއީ ސިއްހީގޮތުން ގެއްލުންވެދާނެ ކަމެކެވެ. ބޭސް ކެއުމުގެ ބަދަލުގައި ރިހުން ކުޑަކުރަން ކެވިދާނެ ބައެއް ކާނާ މިތަނުގައި ހިމަނާލާނަމެވެ.

އިގުރު ސައި

އިގުރު ސަޔަކީ އެކި ގޮތްގޮތަށް ހަށިގަނޑަށް ފައިދާ ލިއްބައިދޭ އެއްޗެކެވެ. އެހެންނަމަވެސް ޕީރިއަޑް ދުވަސްވަރު އިގުރު ސައި ބޭނުން ކުރާނަމަ ކިރު އަދި ގިނަ އަދަދަކަށް މާމުއިތް އެއްކުރާށެވެ. އެގޮތުން މާމުއިތް އަދި ކިރުގެ ސަބަބުން ރިހުންފިލުވާ ދެއެވެ. އަދި އިގުރު ބޭނުން ކުރުމުން ލޭ ދައުރު ކުރުމަށް ފަސޭހަވެގެން ދެއެވެ.

ޗޮކުލެޓް، ދޮންކެޔޮ، ވޯލް ނަޓް

ޗޮކުލެޓު ކެއުމުންވެސް ބަނޑުގައި ރިހުން ލުއި ކޮށްދެއެވެ. އެހެން ނަމަވެސް މާގިނައިން ޗޮކުލެޓް ބޭނުން ކުރުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއްނޫނެވެ. ދޮންކެޔޮ އަދި ވޯލް ނަޓަކީ ވިޓަމިން ބީ6 ހިމެނޭ ކާނާއެއް ކަމުން ރިހުން މަޑުކޮށް އިންޕެކްޝަން އުފެދުމުން ދުރުކޮށްދެ އެވެ.

ކަދުރު

ވަރުބަލި ވުމަކީ ވެސް އާންމުކޮށް މި ދުވަސް ވަރު ދިމާވާ ކަމެކެވެ. ގައިގައި ވަރުޖެއްސުމަށް އެންމެ ރަގަނޅު އެއް މޭވާ އަކީ ކަދުރެވެ. ހާއްސަކޮށް ރަތް ކަދުރެވެ. އޭގެ އިތުރުން ލޭމަދުވުމުން ވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ވެސް ކަދުރު ބޭނުން ކުރެވިދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355