twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދަތުރު ކުރާ ހިތްވޭތަ؟

Jun 7, 2016

އަހަރެމެންގެ ތެރެއިން ގިނަ ބަޔަކީ އެހެން ގައުމުތަކަށް ދަތުރުކޮށް އެގައުމުތަކުގެ ސަގާފަތާއި އާދަކާދަ ބަލާލަން ބޭނުންވާ ބަޔެކެވެ. އެގޮތުން އަހަރެއްގެ މައްޗަށް އެތަށް ބަޔަކު އެކި ގައުމުތަކަށް ޒިޔާރަތް ކުރެއެވެ. އެންމެ ގިނައިން މީހުން ދަތުރު ކުރާ ގައުމުތަކަށް ބަލާލަމާ ހެއްޔެވެ؟

ފްރާންސް

ފްރާންސަށް އަހަރެއްގެ މައްޗަށް 78 މިލިއަން މީހުން ޒިޔާރަތް ކުރެއެވެ. ހާއްސަކޮށް ފްރާންސްގެ ވެރިކަންކުރާ ރަށް ޕެރިސްގައި ވާ އައިފިލް ޓާވަރ ދެކިލުމަށް ގިނަ ބަޔަކު ޒިޔާރަތް ކުރާކަމަށް ވެއެެވެ. ގިނަ ބައެއްގެ މެދުގައި ފްރާންސް މަޝްހޫރު ވެފައިވަނީ ފެޝަނާއި އެގައުމުގެ ސަގާފަތާއި އަދި ތާރީހާ މެދުއެވެ.

އެމެރިކާ

ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ މީހުން ދަތުރުކުރާ ގައުމަކީ އެމެރިކާއެވެ. އަދި ނިސްބަތުން ބަލާއިރު ފަތުރުވެރިކަމުން އެންމެ ބޮޑު އާބާދީއެއް ހޯދަނީވެސް އެމެރިކާއެވެ.   އެމެރިކާއަކީ ގިނަ ސަގާފަތްތަކެއް އެކުލެވޭ ގައުމެކެވެ.

ޗައިނާ

ޗައިނާގެ ސަގާފަތާއި އުސޫލުތަކަކީ ގިނަ ބަޔަކަށް އެނގޭނެ އެއްޗެެކެވެ. އެންމެ ތަފާތު ސަގާފަތެއް އޮންނަ ގައުމަކަށް ޔަގީނުންވެސް ޗައިނާ ވާނެއެވެ. އެގޮތުން ޗައިނާއަށް އަހަރެއްގެ މައްޗަށް 56 މިލިއަން މީހުން ޒިޔާރަތް ކުރެއެވެ. ހާއްސަ ކޮށް ޗައިނާގެ ބޮޑު ފާރަކީ އެގައުމަށް ޒިޔާރަތް ކުރާ ފަރާތަކުގެ މެދުގައި މަގުބޫލް ތަނެކެވެ.

ސްޕެއިން

ސްޕެއިން މަޝްހޫރުވެފައިވަނީ ފުޓްބޯލް 2 ޓީމް ކަމަށްވާ ބާސެލޯނާ އަދި ރިއާލް މެޑްރިޑުންނެވެ. އަހަރެއްގެ މައްޗަށް ސްޕެއިންނަށް އަހަރެއްގެ މައްޗަށް 53 މިލިއަން މީހުން ޒިޔާރަތް ކުރާއިރު އެގައުމުގެ ކެނެރީ އައިލެންޑް އަކީ މަޝްހޫރު ތަނެކެެވެ.

އިޓަލީ

އިޓަލީއަކީވެސް ގިނަބައެއްގެ މަގުބޫލު މަންޒިލެކެވެ. ވޯލްޑް ހެރިޓޭޖެ ލިސްޓްގަހިމެނޭ 50 އަށްވުރެ ގިނަ ތަންތަނާއި ބިނާތައް އިޓަލީގައި ހުރެއެވެ. ގިނަ ބަޔަކު އެ ގައުމަށް ދަތުރުކުރަނީ، ސަގާފީ މުއްސަނދިކަން ބަލާލުމަށާއި އިޓަލީގެ ރަހަތަކަށް އިންސާފުކޮށްލުމަށެވެ. އަދި އިޓަލީގެ މޫސުމަކީވެސް ގިނަ ފަތުރުވެރިން އެ ގައުމު ހިޔާރުކުރާ ސަބަބެކެވެ.

 

 

 

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355