އަހަރެމެން ކެއުމުގައި ގިނަ ބާވަތްތަކެއް ބޭނުން ކުރާއިރު އެއިން ލިބޭ ގެއްލުން ވިސްނާލެވެނީ މަދު ބަޔަކަށެވެ. ހާއްސަކޮށް ތައްޔާރީ ކާނާ ބޭނުން ކުރާއިރު ސިއްހަތަށް ވުރެ ބޮޑަށް ވިސްނާލެވިފައި އޮންނަނީ އެއިންދޭ މީރު ރަހަޔަށެވެ. އެގޮތުން ތިރީގައި އެވަނީ އާންމުކޮށް ބޭނުންކުރާ ތަކެތީގެ ތެރެއިން ކެންސަރު ޖެހުމަށް މަގުފައިވާ 3 ބާވަތެއްގެ ކާނާ އެވެ.
ސޮސެޖް
ސޮސަޖަކީ ދިވެހިން އާންމުކޮށް ބޭނުން ކުރާ ބާވަތެކެވެ. ހާއްސަކޮށް ހެނދުނު ސައިބުއިމުގައި ނުވަތަ ފްރައިޑް ރައިސް ތައްޔާރު ކުރާއިރު އާއްމުކޮށް ދިވެހިން މިހާރު ސޮސެޖް ބޭނުން ކުރެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ވެސް ސޮސެޖަކީ މިހާރު ވަރަށް ކަމުދާ އެއްޗެކެވެ. ސޮސެޖްގެ އިތުރުން ޕެކްކޮށްފައި ހުންނަ މަސް ނުވަތަ ޕްރޮސެސްޑް މީޓް އަކީ ކެންސަރު ޖެހުމަށް މަގުފައިވާ ބާވަތްތަކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ފަދަ މަހުގައި ހުންނަ ލޮނު އަދި ކެމިކަލްސް އަކީ ހަށިގަނޑަށް ނުރައްކާ ބާވަތެކެވެ.
ފިޒީ ޑްރިންކްސް
ފިޒީ ޑްރިންކްސް ތެރޭގައި ގިނައިން ބޭނުން ކުރެވޭ އެއްޗަކަށް ކޮކާ ކޯލާ ފެންޓާ ފަދަ ތަކެތި ހިމެނެއެވެ. ދުވާލަކު އެއްދަޅު ބޭނުން ކުރިނަމަވެސް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދެ އެވެ. ފިޒީ ޑްރިންކްސް ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންނުވާ ކެލެރީސް ގިނައިން އެތެރެ ވެއެވެ. މީގެ އިތުރުން ގޭސްޓްރިކް ގެ އުދަނގޫޖެހި ބަނޑުގައި އެސިޑް ލެވެލް އިތުރުވެއެވެ.
ޕޮޓޭޓޯ ޗިޕްސް
ޕޮޓޭޓޯ ޗިޕްސް އަކީ ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މަގުބޫލް އެއްޗެކެވެ. ޕޮޓޭޓޯ ޗިޕްސްއަކީ ގިނަ އަދަދަކަށް ޓްރާންސް ފެޓް ހިމެނޭ ބާވަތެއްކަމުން މިއީ ކެއުމުން އެންމެ އަވަހަށް ދުރުވާންވީ އެއްބާވަތެކެވެ. ޓްރާންސް ފެޓް ގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް އިތުރުގެ ބްލަޑް ޕްރެޝަރ އިތުރުވެ އެވެ.