twitterviber whatsapp telegramfacebookyoutube instagram
13th September 2026

މި އަހަރުގެ އެމީ އެވޯޑްސްގެ އެންމެ މޮޅު ސީރީޒް އަކަށް “ގޭމް އޮފް ތްރޯންސް”

Sep 21, 2015

67 ވަނަ އެމީ އެވޯޑްސްގެ އެންމެ މޮޅު ސީރީޒް އަކަށް “ގޭމް އޮފް ތްރޯންސް” ހޮވިއްޖެ އެވެ.

ގޭމް އޮޕް ތްރޯންސްއަށް މި މަގާމު ލިބުނީ އިތުރު ނުވަ ސީރީޒް އަކާ ވާދަކޮށްގެންނެ އެވެ. އޭގެ އިތުރު މި ސީރީޒުން ވަނީ އެންމެ މޮޅު ޑައިރެކްޓަރ ގެ އެވޯޑާއި އެންމެ މޮޅު ލިއުންތެރިޔާގެ އެވޯޑްވެސް ހޯދާފަ އެވެ.

ލޮސް އެންޖެލިސް ގައި ބޭއްވި މިހަފްލާގައި ގޭމް އޮފް ތްރޯންސްއިން ޖުލްމަ 12 އެވޯޑް ހޯދައިފާވާއިރު ގޭމް އޮފް ތްރޯންސް އަށް އެންމެ މޮޅު ސީރީޒްގެ އެވޯޑް ލިބިފައިވަނީ އިތުރު 9 ސީރީޒް އާ ވާދަކޮށްގެންނެވެ.

އެންމެ މޮޅު ބަތަލުގެ އެވޯޑް މޭޑް މެންގެ ބަތަލު ޖޯން ހޭމް ހޯދާފައިވާއިރު އެންމެ މޮޅު ބަތަލާ އަކީ “ހައު ޓު ގެޓް އަވޭ ވިތު މާޑާ” ގެ ބަތަލާ ވައޯލާ ޑޭވިސް އެވެ.

އޭގެ އިތުރުން އެމީ ވޯޑްސްގެ މިއަހަރު އެންމެ މޮޅު ކޮމެޑީ ސީރީޒް އަކަށް ހޮވުނީ ވެސް އެޗްބީއޯގެ ޑްރާމާ “ވީޕް” އެވެ. އަދި އޭގެ އިތުރުން އެޗްބީއޯގެ “އޮލިވް ކިޓްރިޖް” ވަނީ އަށް އެވޯޑެއް ގެންގޮސްފަ އެވެ.

އެންމެ މޮޅު މިނީ ސީރީޒްގެ އެވޯޑްވެސް ހޯދާފައިވަނީ އެޗްބީއޯގެ “އޮލިބް ކިޓަރިޖު” އެވެ. އަދި އެންމެ މޮޅު ޓީވީ ފިލްމަކަށްވެސް ހޮވިފައި ވަނީ އެޗްބީއޯގެ އުފެއްދުމެއް ކަމަށްވާ “ބެސީ” އަށެވެ.

“ގޭމް އޮފް ތުރޯންސް” އަށް ކުރިން ވެސް ވަރަށް ގިނަ އެވޯޑްތަކެއް ލިބިފައިވީ ނަމަވެސް މިއީ އެ ސީރީޒް އަށް އެއްވަނަ ލިބުނު ފުރަތަމަ ފަހަރެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293