twitterviber whatsapp telegramfacebookyoutube instagram
3rd May 2024

40 އަހަރު ފަހުން އެއްމާބަނޑު ދެބެއިން ބައްދަލު ވެއްޖެ

Oct 12, 2015

ދެކުނު ކޮރެއާގެ އެއްމާބަނޑު ދެބެއިން 40 އަހަރު ފަހުން ބައްދަލު ވެއްޖެ އެވެ.

އިއްތިފާގުން މި ދެމީހުންނަކީ ވެސް ފްލޮރިޑާގެ އެއް ހޮސްޕިޓަލެއްގައި އެކީ މަސަކަތް ކުރަމުން އަންނަ ދެ ނާރސިން އެސިސްޓެންޓުންނެވެ. މި ދެމީހުންނަކީވެސް އެބަނޑު އެއްބަފާކަން އެނގުމުގެ ކުރިންވެސް މަސައްކަތުގެ މާހައުލުގައި ވަރަށް ރަހުމަތްތެރި ދެމީހުންނެވެ.

މި ދެމީހުންނަކީ އެއްމާބަނޑު ދެމީހުންކަން ޑީއެންއޭ ގެ ޓެސްޓު ތަކުން ވަނީ ސާބިތުވެފައި އެވެ.

އިއުން ސޫކް އަދި ޕޮކް ނަމް ޝިން، 1970ގެ އަހަރު ތަކުގައި އެ ދެމީހުންގެ ވެސް މައިންބަފައިންނާ އެކު ދިރި އުޅެމުން ދިޔަ އެވެ. ނަމަވެސް މި ދެމީހުންގެ ބައްޕަ ރާ ބުއިމުގެ އާދަ ހުރުމުގެ ސަބަބުން މި ދެމީހުންގެ މަންމަ ބައްޕައާއި ވަކިވުމަށް ފަހު އިއުން ސޫކް އައީ އޭނާގެ މަންމަ އާ އެކީ ދިިރިއުޅެމުންނެވެ. ނަމަވެސް އިއުން ސޫކް އަށް ވުރެ 2 އަހަރު ދޮށީ ޕޮކް ނަމް ޝިން ދިރިއުޅެމުން ދިޔައީ ބައްޕަގެ ބެލުމުގެ ދަށުންނެވެ.

ޕޮކް ނަމް ޝިން އަށް 5 އަހަރުގައި އޭނާގެ ބައްޕަ ނިޔާވުމަށް ފަހު ޕޫސާންގެ ޔަތީމު ހާނާއެއްގައި ދިރިއުޅެމުން ދިޔައެވެ. ނަމަވެސް 1978 ވަނަ އަހަރު އެމެރިކާގެ އައިލާ އަކުން ޕޮކް ނަމް ޝިން އެޑޮޕްޓް ކޮށް ވާރޖީނިއާ ގައި ދިރިއުޅުމަށް ބަދަލުވިއެވެ. އޭރު ޕޮކް ނަމް ޝިންގެ އުމުރުން 9 އަހަރެވެ.

ހަމަ އެހެންމެ 1976 ވަނަ އަހަރު އެމެރިކާގެ އައިލާ އަކުން އިއުން ސޫކް އެޑޮޕްޓްކޮށް ނިއު ޔޯކްގައި ދިރިއުޅެމުން ދިޔަ އެވެ. އިއުން ސޫކް ބުނި ގޮތުގައި އޭނާވެސް ޔަތީމު ހާނާއެއްގައި ދިރިއުޅުނު ހަނދާނެއް ވާކަމަށެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ މަންމަ އަށް ވީ ކިހިނެތް ކަމެއް ނޭނގޭކަމަށް އިއުން ސޫކް ބުންޏެވެ.

ޑީއެންއޭ ޓެސްޓް ޕޮޒިޓިވް ވުމުން ލިބުނީ ވަރަށް ކުއްލި ސިހުމެއް ނަމަވެސް އެއްމާބަނޑު ދައްތަކަން ހާމަވުމުން ވަރަށް އުފާވިކަމަށް ޕޮކް ނަމް ޝިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355