twitterviber whatsapp telegramfacebookyoutube instagram
8th September 2025

ޕްރިޔަންކާ އެމެރިކާގެ ޕީޕަލްސް ޗޮއިސް އެވޯޑަކަށް ނޯމިނޭޓް ވެއްޖެ

Oct 14, 2015

އެމެރިކަން ޕީޕަލްސް ޗޮއިސް އެވޯޑްސްގެ ފޭވަރިޓް އެކްޓްރެސް އިން ނިއު ޓީވީ ސީރީޒް ގެ އެވޯރޑަށް ޕްރިޔަންކާ ޗޯޕްރާ ނޯމިނޭޓް ވެއްޖެ އެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ މެދުގައި މަގުބޫލު ކަމެއް ހޯދާފައިވާ އޭބީސީގެ އާ ސީރީޒް “ކުއަންޓިކޯ”ގެ ލީޑް ރޯލްއިން ފެނިގެންދާ ޕްރިޔަންކާ ވަނީ އެމެރިކަން ސީރީޒްގެ ލީޑް ރޯލަކުން ފެނިގެންދާ ފުރަތަމަ އިންޑިއަން އެކްޓްރެސްގެ ޝަރަފުވެސް ހޯދާފައި އެވެ.

ކުއަންޓިކޯގެ ފުރަތަމަ ސީޒަންގެ އަދި އެންމެ 3 އެޕިސޯޑް ނިކުމެފައި ވާ ދަނޑިވަޅެއްގައި މި ފަދަ އެވޯޑަކަށް ނޯމިނޭޓް ވުމުން ޕްރިޔަންކާ ވަނީ އެކަމުގެ އުފާ އިއްޔެ ކުރި ޓްވީޓަކުން ހާމަކޮށްފައި އެވެ.

ޕްރިޔަންކާގެ ޓްވީޓުގައި ފުރަތަމަ އަހަރުގައި އެވޯޑަށް ނޯމިނޭޓް ވުމަކީ ލިބިގެންދިޔަ ޝަރަފެއްކަމަށް ބުނެ ޕީޕަލްސް ޗޮއިސްއަށް ޝުކުރު އަދާކޮށްފައިވެއެވެ.

ކުއަންޓިކޯއިން ޕްރިޔަންކާ ފެނިގެންދަނީ އެލެކްސް ޕެރިޝް ނަމަކަށް ކިޔާ ޓެރަރިޒަމްގެ ތުޙުމަތު ކުރެވޭ އެފްބީއައި އޭޖެންޓެއްގެ ރޯލުންނެވެ. އަދި މި ސީރީޒްގެ ދެވަނަ ސީޒަންގައިވެސް ޕްރިޔަންކާ ފެނިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355