twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބަޖެޓްގައި ހިމެނިފައި ވީނަމަވެސް ކުޅުދުއްފުށީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ނުފެށޭ

Nov 11, 2015

ކުރިއަށް ފެށެން އޮތް އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅަން ތައްޔާރު ވަމުންދާ މިދުވަސްކޮޅު މިއަހަރުގެ ބަޖެޓުން ހާސިލްވި މިންވަރު ބަލައިލުން މުހިއްމެވެ. އެހެން އަހަރު ތަކާ ހިލާފަށް މިއަހަރަކީ ކުޅުދުއްފުށީގައި ހިންގުމަށް ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ބަޖެޓް ކުރެވުނު އަހަރެކެވެ. އެގޮތުން 260.5 މިލިއަން ރުފިޔާގެ ބަޖެޓެއް ޕީއެސްއައިޕީގެ މަޝްރޫއު ތަކާ އެކު ކުޅުދުއްފުއްޓަށް ލިބުނެ އެވެ. އެކަމަކު ފާހަގަ ކޮށްލެވޭ ކަމަކީ ގިނަ މަޝްރޫއު ތަކެއް ބަޖެޓް ކުރެވިފައިވީ ނަމަވެސް މިއަހަރުގެ މިހާތަނަށް ބަލައި އިރު ކުޅުދުއްފުށީގެ ތަރައްޤީއަށް ނިސްބަތުން މަދު ޕްރޮޖެކްޓްތަކެއް ހިންގުނު އަހަރެއް ކަމެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓްގެ ތަފްސީލުތަކުން އެގޭ ގޮތުން ކުޅުދުއްފުށީގައި ޖުމްލަ ބާވީސް މަޝްރޫއެއް ހިންގުމަށް ޕްލޭން ކުރެވުނެވެ. އޭގެ ތެރޭގައި މިއަހަރަށް މުޅިން އަލަށް ފަށާ ދިހަ މަޝްރޫއެއްގެ އިތުރުން މިހާރު ހިންގަމުން ގެންދާ މަޝްރޫއުތައް ވެސް ހިމެނެ އެވެ.

:މިއަހަރަށް ބަޖެޓް ކުރެވި ނުފެށި ހުރި މަޝްރޫއުތަކާއި ކުރިން ފަށައި މިއަހަރު މަސައްކަތް ހުއްޓިފައިވާ މަޝްރޫއުތައް

– ކުޅުދުއްފުށީ މަގުތައް ހެދުމުގެ މަޝްރޫއު

– ކުޅުދުއްފުށީ ހިއްކި ސަރަހައްދު (ވެލިގަނޑު) ތަރައްގީކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ” ޕޯރޓް އެންޑް އާރބަން އެކްސެސިބިލިޓީ” ޕްރޮޖެކްޓް

– ކުޅުދުއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

– ސަރުކާރުގެ ހަރަދުގައި ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2 ޕްރީ ސްކޫލްގެ މަސައްކަތް

– ކުޅުދުއްފުށީގެ މަގުބައްތި ޖެހުމާއި ކަރަންޓް ފޯރުކޮށްދިނުމުގެ މަޝްރޫއު

– ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު/ ކުނި ނައްތާލުމުގެ މަޝްރޫއު

– އެމިގްރޭޝަން ނޯތް ރީޖަން ހެޑް އޮފީހުގެ އިމާރާތް

– ކަސްޓަމްސް ނޯތު ރީޖަން ހެޑް އޮފީހުގެ އިމާރާތް

– ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ތަރައްޤީކުރުމަށް ނިންމާ ފައިވާ ބޮޑެތި މަޝްރޫއުތައް

– ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރުމުގެ މަޝްރޫއުތައް

– ކުޅުދުއްފުށީ ލޯކަލް މާރުކޭޓް އެޅުމުގެ މަޝްރޫއު

– ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިންސިނެރޭޓަރ ބެހެއްޓުން

– ކުޅުދުއްފުށީ ހާބަރ އެކްސްޕޭންޝަން މަޝްރޫއު

– އަމީނީ މަގުގެ މަސައްކަތް

މިއަހަރު ބަޖެޓްކުރެވި ފެށިފައިވާ މަޝްރޫއުތަކާއި ކުރިން ފަށާފައި މިއަހަރަށް ނިމުނު މަޝްރޫޢުތައް

– މެޓާނިޓީ ވެއިޓިންގ ހޯމް

– ފެން ހިންދާ ނިޒާމްގެ މަސައްކަތް( އަލަށް ފެށި)

– އަފީފުއްދީން ސްކޫލުގައި އިމާރާތް ކުރާ 3 ބުރީގެ އިމާރާތް (އަލަށް ފެށި)

– ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އާ ހޯލް

– ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހަދާ ބާސްކެޓް ކޯޓް (އަލަށް ފެށި)

– ސްޕޯޓް އެރީނާ މަޝްރޫއުގެ ދަށުން ހެދި ޓާފް ދަނޑު(އަލަށް ފެށި)

– ކުޅުދުއްފުށީ ޕޮލިސް ޓޭޝަންގައި ހެދި 10 ގޮޅި

– ޗިލްޑްރެން ސާވިސް ސެންޓަރު ވަށާ ފާރު ރޭނުން (އަލަށް ފެށި)

– ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން (އަލަށް ފެށި)

– ރޯހައުސް މަޝްރޫއު

މިއީ މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށީގެ ތަރައްޤީގެ ގޮތުގައި ހިންގުނު މަޝްރޫއުތަކާއި އަލަށް މިއަހަރު ފެށުނު މަޝްރޫއު ތަކެވެ. އާއްމު ގޮތެއްގައި މިއަހަރު އަލަށް ފެށިފައިވަނީ ވަރަށް ކުދި މަޝްރޫއު ތަކެކެވެ. ބޮޑެތި އަދި ރައްޔިތުންނާ ގުޅުން ހުރި ގިނަ މަޝްރޫއު ތައް ވަނީ އަދިވެސް ނުފެށި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355