twitterviber whatsapp telegramfacebookyoutube instagram
14th June 2026

ބާހުބަލީ 2 ރިލީޒް ކުރުން ފަސްވެއްޖެ

Nov 28, 2015

ބާހުބަލީ 2 އަންނަ އަހަރުގެ ފަހުކޮޅު ރިލީޒް ކުރުމަށް ފަސްވެއްޖެ ކަމަށް ފިލްމްގެ ޕްރޮޑިއުސަރ ޝޮބޫ ޔާރުލަގައްޑާ ބުނެފިއެވެ.

ފިލްމްގެ ޕްރޮޑިއުސަރ ބުނެފައި ވަނީ ފިލްމުގެ ސްޕެޝިއަލް އިފެކްޓް ތަކާއި ވީއެފްއެކްސްގެ މަސައްކަތް ނިންމުމަށް ވަރަށް ގިނަ ވަގުތު ނަގާނެ ކަމަށެވެ. އެހެންކަމުން މި ފިލްމް 2016 ވަނަ އަހަރުގެ ފަހުކޮޅުގެ ކުރިން ރިލީޒް ނުކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

މިއަހަރު ޖުލައި މަހު ނިކުމެފައިވާ ބާހުބަލީ އުފައްދާފައިވަނީ 40 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އަދި މައުލޫމާތު ލިބޭގޮތުގައި މި ފިލްމްގެ 2 ވަނަ ބައި އުފެއްދުމުގައި 50 މިލިއަން ބަޖެޓެއް ހޭދަ ވާނެއެވެ.

ބާހުބަލީ ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ބިޒްނަސްއެއް ކޮށްފައިއެވެ. އަދި މިފިލްމުގައި ފެނިގެންދިޔަ ސްޕެޝިއަލް އިފެކްޓްސްތަކަށް ވަނީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355