twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށިން އެމްޑީޕީ އުވެނީބާ؟

Nov 30, 2015

މޯލްޑިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައި އޮންނަ ޕާޓީ އެވެ. އަދި އެންމެ ހަރަކާތްތެރި ޕާޓީއަކީ ވެސް އެމްޑީޕީ އެވެ. އެ ޕާޓީ އުފެދުނީއްސުރެ ރާއްޖޭގެ ބޮޑެތި އަދި ކުދި އާބާދީތަކުގެ ހުރިހާ ރަށްތަކެއްގައި ތަފާތު ގިނަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. މިވީހާތަނަށް މާލޭގައި އެކަނި އިވެންޓެއް ބާއްވާލައިގެން އެމްޑީޕީއަކުން ފަރުޖައްސައެއް ނުލަ އެވެ. އައްޑޫ އާއި ފޯއްމުލަކު ލ.ގަން، ނައިފަރު، ދިއްދޫ، ތިނަދޫ އަދި ކުޅުދުއްފުށި ފަދަ ބޮޑެތި އާބާދީތައް އެމްޑީޕީން އިވެންޓްތަކުގައި ބައިވެރިކުރެ އެވެ.

ފަހަކަށް އައިސް އެމްޑީޕީ ބާއްވަމުން އަންނަ ބޮޑެތި އިވެންޓްތަކެއް ކުޅުދުއްފުއްޓަކު ނޯވެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑިޕީން ރާވައިގެން ބާއްވަމުން އަންނަ ބޮޑެތި މުޒާހަރާތަކާއި އިހްތިޖާޖްކުރުން ތަކާއި އަޑު އުފުލުންތައް ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔައިރު ކުޅުދުއްފުށީ އޮތީ ނިދާފަ އެވެ. މުޒާހަރާއެއް ކީކުރަން އެމްޑީޕީގެ އެއްވެސް ހަރަކާތެއް ކުޅުދުއްފުއްޓަކު ނުހިގަ އެވެ.

ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ކުރީގެ ކައުންސިލަރަކު ވިދާޅުވީ ކުރިން އެމްޑީޕީގެ ހަރަކާތްތައް ކުޅުދުއްފުށީގައި ހިންގަމުން އައީ އޭރުގެ ރަށު ކައުންސިލު މެމްބަރުން ކަމަށެވެ. އަދި މިހާރު އެކަން ނުވެ އޮތީ މިހާރުގެ އެމްޑީޕީ ކައުންސިލަރުނަށް އެކަމުގައި އިސްނަގަން ނުކެރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

“އޭރު ވެސް ތަރައްޤީގެ މަސައްކަތްތަކުގައި ސަރުކާރަށް ދިޔައީ އެއްބާރުލުންދެމުން. އެކަމަކު މުޒާހާރާކުރަން ޖެހުމުން އެކަން ވެސް ކުރަމުން އަޅުގަނޑުމެން ދިޔައީ” ނަން ނުޖެހުމަށް ޝަރުތުކޮށް ކުރީގެ އެމްޑީޕީ ކައުންސިލަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ކޮންމެ ކަހަލަ އިވެންޓެއް ރޭވިކަމުގައި ވިޔަސް އުތުރުން ފުރަތަމަ ބަލާނީ ކުޅުދުއްފުށި ކަމަށެވެ. އަދި ދެކުނުން އައްޑޫ ކަމަށެވެ. މިހާރުވެސް އެމްޑީޕީ ކުޅުދުއްފުށީގައި ހަރަކާތްތައް ގެންދަން ބޭނުންވާ ކަމަށާއި އިސްނަގާނެ ފަރާތެއް ނެތުމުން އެކަން ނުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

“މިހާރުވެސް ބަލާ އެމްޑީޕީ ބާއްވާ ހުރިހާ އިވެންޓެއް އައްޑޫގައި ބާއްވަމުންދަނީ. އެކަމަކު ކުޅުދުއްފުއްޓަކު ނުބޭއްވޭ. އިސްނަގައިގެން ކުރާނެ ބަޔަކު ނެތީމަ” އޭނާ ވިދާޅުވި އެވެ.

އެއްވެސް އިރެއްގައި ކުޅުދުއްފުއްޓަކީ ސިޔާސީގޮތުން ހަލަބޮލި ރަށެއް ނޫން ނަމަވެސް އެމްޑީޕީގެ ހަރަކާތްތައް ޔާމީންގެ ވެރިކަމާ ހަމައަށް އަންނަދެން ސިޔާސީ ހަރަކާތްތައް ގެންދިޔަ ރަށެކެވެ. މިހާރު އެމްޑީޕީގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާތާ އެމްޑީޕީން ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ބަހައްޓާފަ ހުންނަ ބޮޑު ސްކްރީނުން މާލޭގައި ބާއްވާ އެޕާޓީގެ ހަރަކާތްތައް ދައްކާވެސް ނުލަ އެވެ.

ސަރުކާރާ ދައުލަތުގެ އެހެނިހެން މުއައްސަސާތައް ޒިންމާދާރުކުރުވުމަށް އިދިކޮޅު ވަރުގަދަ ސިޔާސީ ހަރަކާތެއް އޮންނަން ޖެހެއެވެ. ސިޔާސީ ހަރަކާތް ހިންގުމުގައި އެމްޑީޕީއަކީ އެހެން ޕާޓީތަކަށްވުރެ ކުރީގައި އުޅޭ ޕާޓީއެކެވެ. އެމްޑީޕީގެ ވެރިކަމުގައި އަދި އޭގެ ފަހުން އައި ވެރިކަމުގެ ދުވަސްވަރުވެސް ކުޅުދުއްފުއްޓަކީ އެމްޑީޕީގެ ހަރަކާތްތަކުގެ އުތުރުގެ މައި ރަށެވެ.

ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތައް އެއްގޮތަކަށްވެސް ނުހިންގުމުގެ ޒިންމާ ނަގަންޖެހެނީ ކުޅުދުއްފުށީގެ އެމްޑީޕީގެ އިސް ބޭފުޅުންނެއް ނޫނެވެ. ޕާޓީ ހިންގުމުގައި ޕާޓީގެ ލީޑަރޝިޕް ފެއިލްވަމުން އަންނަކަމަށް އެމްޑީޕީގެ ބައެއް އިސްބޭފުޅުންނާއި އެމްޑީޕީއާ އިދިކޮޅު ފިކުރުތަކުގެ ޕާޓީތަކުން އަންނަނީ ބުނަމުންނެވެ. މިއީވެސް އެމްޑީޕީގެ ހަރަކާތްތައް ކުޅުދުއްފުށިން “އުވިގެން” ދިއުމުގެ މައިގަނޑު އެއް ސަބަބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355