twitterviber whatsapp telegramfacebookyoutube instagram
27th April 2024

މުޒާހަރާއަށް މަސްދުވަސް. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލެއް އައިތަ ؟

Feb 13, 2016

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަަށް ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް ކުޅުދުއްފުށީ ރައްޔިތުން ކުރި މުޒާހަރާއަށް މަހެއް ވެފައިވާއިރު ހޮސްޕިޓަލުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރާތަނެއް ނުފެނެއެވެ.

އައިޝަތު ފަރިޔާލުގެ މަރުގެ މައްސަލައާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމަށް ހެލްތް މިނިސްޓްރީން އިސްނަގައިގެން ހެދި އެސިސްމެންޓުގެ ތަފްސީލް ދެއްވަމުން މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރ ޑރ އަބްދުﷲ ވަހީދު ވިދާޅުވެފައިވަނީ ހޮސްޕިޓަލްގައި ހައްލު ކުރަން ޖެހިފައިވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން މެނޭޖްމެންޓްގެ ފެންވަރު ދަށްވުމާއި، އައިސީޔޫއަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި، އެކަށީގެންވާ ވަރަށް ޑޮކްޓަރުން އަދި ނަރުހުން މަދުވުމާއި، ވަކިން އެމަޖެންސީ ރޫމެއްގެ ހަމަޖެހިފައިނެތުމާއި، އޮފަރޭޝަން ތިއޭޓަރުގެ ފެންވަރުދަށްވުމާއި، ބްލަޑް ބޭންކްގެ ހިދުމަތް ލިބެން ނެތުމާއި، އަދި މުވައްޒަފުންނަށް ބޭނުންވާ ވަރަށް ތަމްރީން ދެވިފައިނެތުމުގެ އިތުރުން ސާފުތާހިރު ކަމުގައިވެސް ބައެއް މައްސަަލަ އުޅޭކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.

އެހެން ނަމަވެސް މިހާތަނަށް މިއިން އެއްވެސް ކަމެއް އިސްލާހުކުރަން ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވެ އެވެ. އެސެސްމެންޓުން ލިބުނު ނަތީޖާއިން ވެސް ފާހަގަވީ ސަރުކާރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް ވެފައިވާ އިހްމާލެވެ. އެސެސްމެންޓަކީ އޭރު އޮތް ހޫނުކަން ފިލުވާލުމަށް މިިނިސްޓްރީން ޖެހި މަޅިއެއްކަން މިއަދު ކަންތައް ވަމުންދާ ގޮތުން ޔަޤީންވެ އެވެ. ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ހޮސްޕިޓަލެއްގައި އެފަދަ ކަންތައްތައް ހައްލުނުވެ ހުރުމަކީ މުޅި މިނިސްޓްރީ ފެއިލް ވެފައިވާކަމުގެ ހެއްކެކެވެ. އަދި ސަރުކާރުންވެސް އެންމެ ބައިބޯ ސަރަހައްދުގައި ހުރި ހަމައެކަނި ރީޖަނަލް ހޮސްޕިޓަލާމެދު ފަރުވާކުޑަކުރާ ކަމުގެ ހެއްކެކެވެ.

މިހާތަނަށްވެސް މިއިން އެއްވެސް މައްސަލައެއް ހައްލުކުރެއްވުމަށް މިނިސްޓްރީން އެކަށީގެންވަ އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. ސަރުކާރުގެ ހަރަދުގައި ހިންގާ އުތުރުގެ ރައްޔިތުން ބޭނުން ކުރަމުން އަންނަ މައި ހޮސްޕިޓަލަށް ވާއިރު ހެލްތް މިިނިސްޓްރީން އަދި ސަރުކާރުން ޒިންމާވާން ޖެހޭ މުވައްސަސާތަކުން މީގެ ކުރިން ހޮސްޕިޓަލްގެ މައްސަލަތަށް ޒިންމާދާރު ގޮތެއްގައި ނަޒަރެއް ދެވިފައިވާނަމަ މިއަދު މި މައްސަލައަށް ދާއިމީ ހައްލެއް އޮންނާނީ ލިބިފައެވެ.

އެސެސްޓްމެންޓުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ ހުދު ހެލްތް މިނިސްޓްރީން ހައްލުކުރުމުގެ ޒިންމާ އުފުލަން ޖެހޭ ކަންކަމަށް ވާއިރު އެކަން މިނިސްޓްރީ އަށް އެންގުމަށް ރައްޔިތުން އަނެއްކާ ޖެހޭނީ މުޒާހަރާ ކުރަން ހެއްޔެވެ؟. ނޫނީ “މާލޭ ސަރުކާރުގެ” ފައިބުޑަށް ވެއްޓި ސަލާން ޖަހަން ތޯ އެވެ.

މިފެންނަނީ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމުގެ ބަދަލުގައި ކަންފަސޭހަ ސިޔާސަތެއް މިނިސްޓްރީން ގެންގުޅޭ ތަނެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މިނިސްޓްރީން އެކި ވަފުުދު ގެނެސް ކައުންސިލާއެކު ދެތިން ބައްދަލުވުން ބާއްވާލުމުން ނިމުނީ ކަމަށް ވާނަމަ އެއިން އެގެނީ ހެލްތް މިނިސްޓްރީން މިކަމުގައި ސީރިޔަސް ކަމެއް ނުގެންގުޅޭ ކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355