twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިނާސާ: އަނެއްކާ ވެސް އަރަމުން އަންނަ އުއްމީދީ އެތްލީޓެއް

Jun 2, 2016

ކުޅުދުއްފުއްޓަށް އުފަން ދުވުންތެރިން ފަހަކަށް އައިސް ގައުމީ ފެންވަރުގެ ދުވުންތަކުން އަންނަނީ ފެންނަމުންނެވެ. ހަމައެކަނި ފެންނަނީ އެއްވެސް ނޫނޭވެ. ރަނގަޅު ވަނަތައް ވެސް ހޯދައި އެވެ.

އަދި ބައެއް ދުވުންތެރިން މިހާރުވެސް ރާއްޖެއިން ބޭރުގައި ބައިނަލް އަގްވާމީ މުބާރާތްތަކަށް އަންނަނީ  ފަރިތަކުރަމުންނެވެ. މިފަހަރުވެސް މިއޮތީ އަރަމުން އަންނަ އަންހެން ދުވުންތެރިއެއްގެ ވާހަކަ އެވެ.

ކުޅުދުއްފުށީ، އެސްފިޔަ އިނާސާ މުސާ އަކީ ގައުމީ ފެންވަރުގެ މުބާރާތްތަކަށް އާ މޫނެއް ނަމަވެސް އޭނާ އެންމެ ފުރަތަމަ ފަހަރަށް ބައިވެރިވި ގައުމީ ފެންވަރުގެ މުބާރާތަކުން ވަނީ 2 ވަނަ ހޯދައިފަ އެވެ.

މިޑްނައިޓް ރަން އިން 2 ވަނަ ހޯދުމުން އިނާސާ އަށް އިނާމް ހަވާލުކުރަނީ

މާލޭ މިޑްނައިޓް ރަން” ގެ 10 ކިލޯ މީޓަރ ކެޓަގަރީން 2 ވަނަ ހޯދުންވީ ސްކޫލު ދައުރުން ފެށިގެން ދުވުމަށް ހުންނަ ޝައުގުވެރިކަމަށް ލިބުނު ބޮޑު ހިތްވަރަކަށެވެ.

“ކުޅުދުއްފުށި އޮންލައިނަށް” ދިން އިންޓަވިއުގެ އިނާސާ ބުނީ މާލޭ މިޑްނައިޓް ރަން އިން ލިބުނު ކާމިޔާބީއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. ގައުމީ ފެންވަރުގެ ގިނަ ދުވުންތެރިން ބައިވެރިވި އެފަދަ މުބާރާތަކުން އެފަދަ ވަނައެއް ލިބުމަކީ ޝަރަފެއް ކަމަށް އޭނާ ސިފަކުރި އެވެ. އަދި އޭނާއަށް އެމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިން ސުލްތާން ކޯޗަށް ޝުކުރުއަދާކުރި އެވެ.

އޭނާ ބުނީ ކުރިމަގުގައި ވެސް ވިސްނުން ހުރީ ދުވުމުގެ ދާއިރާއިން ކުރިއަށް ދިއުން ކަމަށާއި ބޭނުންވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ދުވުންތެރިއަކަށްވާ ކަމަށެވެ. މިއަހަރުވެސް ގައުމީ ފެންވަރުގެ އިތުރުން ބައިނަލް އަގުވާމީ މުބާރާތަކުން ފެންނާނެ ކަމަށް އިނާސާ ބުންޏެވެ. އޭނާ މިހާރުވެސް ދަނީ އެމުބާރާތްތަކަށް ފަރިތަކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355