އެއްދުވަސްވަރެއްގައި އުޅުނު އުސްތާޒަކު 50 މީހުންގެ ގުރޫޕަކަށް ސެމިނާރ އެއް ހުށަހަޅައިދެމުން ދިޔަ އެވެ. ހުރިހާ ބައިވެރިންވެސް ވަރަށް ޝައުޤުވެރިކަމާއެކު މި އުސްތާޒުގެ ވާހަކަ އަޑު އަހަން ތިއްބެވެ.
ކުއްލިއަކަށް އުސްތާޒުގެ ވާހަކަ މެދު ކަނޑާލިއެވެ. ވާހަކަ މެދު ކަނޑާލުމަށްފަހު ފަހަރަކު ބައިވެރިއަކަށް ފުއްޕާހަމެއް ދިނެވެ. އަދި ކޮންމެ ބައިވެރިއެއް ކައިރީ އެ ފުއްޕާހަން ފުއްޕުމަށްފަހު އެ ފުއްޕާހަމުގައި އެ ބައިވެރިއެއްގެ ނަން ލިޔުމަށް އެދުނެވެ. އެއަށްފަހު ހުރިހާ ފުއްޕާހަމެއް ބައިވެރިންގެ އަތުން ނެގުމަށްފަހު އެހެން ކޮޓަރިއަކަށް ފުއްޕާހަން ތައް ލެވުނެވެ.
ބައިވެރިން ދެން ޖެހޭނެ ކަމެއްގެ އިންތިޒާރުގައި ތިއްބެވެ. އެހެން ތިއްބައި ފުއްޕާހަންތައް ހުރި ކޮޓަރިއަށް ހުރިހާ ބައިވެރިން ވެއްދުމަށްފަހު 5 މިނެޓް ތެރޭ އެ ބައިވެރިއެއްގެ ފުއްޕާހަން ހޯދުމަށް އުސްތާޒު އެދުނެވެ. ހުރިހާ ބައިވެރިންވެސް އެ ބައިވެރިޔާގެ ފުއްޕާހަން ހޯދުމަށް ތެޅިގަތެވެ. އަދި އަނެއް މީހާ ކޮއްޕާ ވައްޓާލައި އެމީހަކަށް ހޯދުނު ގޮތަކަށް އެ މީހެއްގެ ނަން ޖަހާފައިވާ ފުއްޕާހަން ފެނޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް 5 މިނެޓް ވީ އިރު އެއްވެސް ބައިވެރިއަކަށް އެ މީހެއްގެ ފުއްޕާހަން ފެނިފައެއް ނުވެ އެވެ.
އެ މަސައްކަތް އެ ގޮތަށް ނާކާމިޔާބުވުމުން އުސްތާޒު ދެން އެދުނީ ކޮންމެ ބައިވެރިއަކުވެސް އެންމެ އަވަހަށް އަތުޖެހޭ ފުއްޕާހަމެއް ނެގުމަށްފަހު އޭގޭ ވެރިފަރާތް ހޯދުމަށްފަހު އެމީހަކަށް ރައްދު ކޮށްދިނުމަށެވެ. ކުޑައިރުކޮޅެއްތެރޭ ކޮންމެ ބައިވެރިއަކުވެސް ހުރީ އެ ބައިވެރިޔަކު ނަން ލިޔެފައިވާ ފުއްޕާހަން ހިފައިގެންނެވެ.
އެ ވަގުތު އަނެއްކާވެސް އުސްތާޒު ވާހަކަ ދައްކަން ފެށިއެވެ. “މިއީ އަހަރެމެންގެ ހަޔާތުގައި ދިމާވާ ގޮތް. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ އުފާ ހަޤީޤަތުގައި ހޯދަން އުޅެންވީ ގޮތް ނޭނގި ތެޅިފޮޅެނީ. ހަޤީޤަތުގައި އަހަރެމެންގެ އުފާވެރިކަން ވަނީ އެހެން މީހުނާއެކު. އެހެން މީހުނަށް އެހީވެ އެހެން މީހުންގެ އުފާތައް އެ މީހުނަށް ރައްދު ކޮށްދިނުމުން އެ މީހެއްގެ އަމިއްލަ އުފާތައް އެއްވެސް ހުރަހަކާ ނުލައި އޮހޮރޭނެ.”
ހުރިހާ ބައިވެރިންވެސް އުސްތާޒުގެ ވާހަކައިން ފިލާވަޅު ލިބި އެގޮތުގައި ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅި އެވެ.
މަސްދަރު: އެކަޑެމިކް ޓިޕްސް ޑޮޓް އޯގް