twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޕެންޓަގުރާމް ހިރަފުސް ކަޕް 9 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Jun 4, 2016

ޕެންޓަގުރާމް ހިރަފުސް ކަޕް 9 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކޮންމެ އަހަރަކުވެސް ހިރަފުސް އިން އިންތިޒާމް ކޮށްގެން  ބާއްވަމުން އަންނަ މި މުބާރާތަކީ ރަމަޟާން މަހު ހިރަފުސް ދަނޑަށް ކުޅެންދާ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ބޭއްވޭ މުބާރާތެކެވެ.

މި ފަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ 7 ޖޫން އިން 21 ޖޫން އާ ދެމެދު  17:30 ގެ ކުރިން ހިރަފުސް ދަނޑަށް މަދުވެގެން 3 ދުވަހު ކުޅެންދާ ކުޅުންތެރިންނަށެވެ. ތިން ދުވަހު ކުޅެން ނުދެވޭ ކުޅުންތެރިންނަށް 500 ރުފިޔާ ގެ ފީއެއް ދައްކައިގެން ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އެއް ދުވަހު ކުޅެންދާ ކުޅުންތެރިޔަކަށް 400 ރުފިޔާ ދައްކައިގެން ބައިވެރިވެވޭއިރު ދެ ދުވަހު ކުޅެންދާ ކުޅުންތެރިޔަކަށް ބައިވެރިވެވޭނީ 300 ރުފިޔާ ދައްކައިގެންނެވެ.

މި މުބާރާތުގައި ޓީމްތައް ހޮވަނީ ކުޅެންދާ ކުޅުންތެރިން ކެޓަގަރައިޒް ކުރުމަށްފަހު ގުރުއަތުލައިގެންނެވެ. މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ފުޅު ނަމަ 9947185، 7788286 ނުވަތަ 9700074 މި އިން ނަންބަރަކާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ހިރަފުސްގެ ރައީސް މުހައްމަދު ހަސަން (ޕޯޓޭ) މައުލޫމާތު ދިނެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހަ ރޯދަ ވެރިންގެ އީދު ދުވަހު އެވެ.

ހިރަފުސްއިން ވަނީ މި އަހަރުގެ ތެރޭގައި ކުޅުދުއްފުށީ ފުޓްސަލް އެރީނާގައި ފުޓްސަލް މުބާރާތެއްވެސް ބާއްވާފަ އެވެ.

ވޭތުވެދިޔަ އަހަރު މި މުބާރާތުގައި ޖުމްލަ 8 ޓީމް ކުޅުނުއިރު ޗެމްޕިއަންކަން ހޯދީ ހަލްކް އެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ޕެންޓަގުރާމް އެވެ.

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355