twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިފަހަރުގެ ޔޫރޯގައި އެންމެ ގިނަވާނީ ލިވަޕޫލް އަދި ޔުވެންޓަސްގެ ކުޅުންތެރިން

Jun 10, 2016

މިރޭ މާލޭ ގަޑިން 00:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނައިން ފެނިގެންދާނީ ލިވަޕޫލް އަދި ޔުވެންޓަސް އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ލިވަޕޫލް އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ކޮންމެ ޓީމަކުން 12 ކުޅުންތެރިން މި ފަހަރުގެ ޔޫރޯގެ ޓީމު ތަކުގެ ސްކޮޑްގައި ހިމެނިފައިވެ އެވެ.

11 ކުޅުންތެރިންނާއެކު ދެވަނާގައި އިނގިރޭސި އެހެން ޓީމެއް ކަމަށްވާ ޓޮޓެންހަމް އޮތްއިރު 4 ވަނާގައި 10 ކުޅުންތެރިންނާއެކު އޮތީ އިނގިރޭސި ޓީމެއް ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑް އަދި ބުންޑަސް ލީގާގެ ޗެމްޕިއަން ބަޔާން މިއުނިކް އެވެ.

މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މެންޗެސްޓަރ ޔުނައިޓެޑް އަދި އިންގްލެންޑްގެ 18 އަހަރުގެ މާކަސް ރެޝްފޯޑް

ޔޫކްރެއިންގެ ޝަކްތަރ އަށް ނިސްބަތްވާ 9 ކުޅުންތެރިން ޔޫރޯގައި ހިމެނިފައިވާއިރު އިނގިރޭސި އެހެން ޓީމެއް ކަމުގައިވާ އާސެނަލްގެ ވެސް 9 ކުޅުންތެރިން ޔޫރޯގައި ފެނިގެންދާނެ އެވެ.

ސްޕެއިންގެ ގަދަ ބާރުތައް ކަމުގައިވާ ބާސެލޯނާ އަދި ރިއަލް މެޑްރިޑް އިން ކޮންމެ ޓީމަކުން 8 ކުޅުންތެރިން ޔޫރޯގައި ހިމެނުނުއިރު ތުރުކީގެ ފެނަބާޗޭ، ރަސިޔާގެ ސީއެސްކޭއޭ މޮސްކޯ އަދި ސްވިޒަލެންޑްގެ ބަސެލް މި އިން ކޮންމެ ޓީމަކުންވެސް 8 ކުޅުންތެރިން ޔޫރޯގައި ފެނިގެންދާނެ އެވެ.

މުބާރާތުގައި ފެނިގެންދާ އުމުރުން އެންމެ ދޮށީ ކުޅުންތެރިޔާ ޕިޖާމާ މޭންގެ ނަމުން މަޝްހޫރުވެފައިވާ ހަންގޭރީގެ އުމުރުން 40 އަހަރުގެ ގެބޯރ ކިރަލީ

އެންމެ ގިނަ ކުޅުންތެރިން ފެނިގެންދާނެ ލީގަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގެ 103 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެ އެވެ. އެއާއެކު ޖަރުމަނު ބުންޑަސް ލީގާގެ 57 ކުޅުންތެރިން މުބާރާތުގައި ވާދަކުރާއިރު އިޓަލީގެ ސީރީ އޭ އަށް ނިސްބަތްވާ  52 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެ އެވެ.

އޭގެ އިތުރުން މި މުބާރާތުގައި ލީގުތަކުން ކުޅުންތެރިން ހިމެނޭ އަދަދަށް ބަލާއިރު ތުރުކީ ލީގުން 36 ކުޅުންތެރިން، ސްޕެއިންގެ ލަލީގާ އިން 34 ކުޅުންތެރިން، ރަސިޔާގެ ޕްރިމިއާ ލީގުން 32 ކުޅުންތެރިން އިނގިރޭސި ދެވަނަ ޑިވިސަން ކަމަށްވާ ސްކައި ބެޓު ޗެމްޕިއަންޝިޕުން 31 ކުޅުންތެރިން އަދި ފްރާންސް ލީގަށް ނިސްބަތްވާ 22 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355