twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނާގޯށި ހުޅުވުން – އޭޕްރިލް ފޫލްއެއް ބާ؟

Jun 12, 2016

600 އެނދާއެކު ތަރައްގީ ކުރުމަށް 2006 ވަނަ އަހަރު ސެޕްޓެމްބަރ މަހު 17 ވަނަ ދުވަހު ދޫކޮށްފައިވާ ނާގޯށި އަންނަ އަހަރު ގެ އޭޕްރިލް މަހު ހުޅުވާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ދާދި ފަހުން ބުނެފަ އެެވެ.

ހދ އަތޮޅުގައި ފުރަތަމަ ހުޅުވޭ ރިސޯޓު އޭޕްރިލް ފޫލް އަކަށް ނުވާނެ ބާއޭ މިއީ މިހާރުވެސް ގިނަ ބަޔަަކުގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. ސަަބަބެއް ނެތިއެއް ނޫނެވެ. 2007 ވަނަ އަަހަރުގެ ޑިސެމްބަރ މަހު ތެރޭގައި ނާގޯށި ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކޮށްފަ އެވެ.

ދެން ނާގޯށީގެ މަސައްކަތް ކުރިއަށް ދިޔަގޮތަށް ބަލާލަމާ ހެއްޔެވެ؟ 2007 ވަނަ އަހަރު ތްރީކޭ އާއި ރަށް ހަވާލު ކުރެވުނު ކަމުގައި ވިޔަސް މަަސައްކަތް ފެށިފައިވަނީ 2009 ވަަަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ރިސޯޓުގެ މަސައްކަތް ފެށީ ކާލްސަން ހޮޓެލްސް، ރެޑިސަން ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައި ހުޅުވުމަށެވެ. ދެން އައީ މަސައްކަތުގެ ބޮޑު މެދުކެނޑުމެކެވެ. އެއަށްފަހު ރިސޯޓުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ތެރޭގަ އެވެ. މަސައްކަތް މެދު ކެނޑުނު އިރު ރަށުގެ މަސައްކަތް 50 މަސައްކަތް ނިމިފައި ހުރި ކަމަށް އެމްޓީޑީސީއިން ވަނީ ބުނެފަ އެވެ.

ނަމަވެސް 2015 ވަނަ އަހަރު މަސައްކަތް ފެށުނުއިރު ހަމައެކަނި ރާނާ ސިމެންތި ޖެހިފައިހުރީ 180 ކޮޓަރީގަ އެވެ. އަދި މޫދުގައި އެޅުމަށް ހަމަޖެހިފައިވާ 100 ކޮޓަރީގެ ހަމައެކަނި ޖެހިފައިހުރީ ތަނބުތައް އެކަންޏެވެ. ރިސެޕްޝަން، ރެސްޓޯރެންޓް، އިންޖީނުގެ ފަދަ ތަނުގެ ބައެއް ބައިތައް ރާނާ ހިޔާކުރި ގޮތަށް މަސައްކަތް ހުރީ ހުއްޓިފައެވެ.

އަންނަ އަހަރު އޭޕްރިލް އެއީ ރިސޯޓް ހުޅުވުމަށް ފައިނަލް ކުރި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރިސޯޓް ހުޅުވުމަށް ނިންމާފައިވަނީ 17 އޭޕްރިލް 2010 ގަ އެވެ. ދެވަނަ ފަހަރަށް ރިސޯޓް ހުޅުވުމަށް ނިންމާފައިވަނީ 2012 ޖުލައި މަހު ތެރޭގަ އެވެ. އަދި އެންމެ ފަހުން ހުޅުވުމަށް ހަމަޖެހިގެން މިދިޔައީ 2017 ގެ އޭޕްރިލް ގަ އެވެ.

މިދިޔަ އަހަރު މަސައްކަތް ފެށިގެން ދިޔަ އިރު މަސައްކަތް ހަލުވި ކުރުމަށްޓަކައި ބަރުހޭންގެ ތަޖުރިބާކާރު ކުންފުންޏަކާއެކު ވަނީ ޕާޓްނާޝިޕެއް ވެސް ހަދާފަ އެވެ.

ހދ އަތޮޅުގައި ރިސޯޓެއް ހުޅުވުމަކީ މި އަތޮޅުގެ ރައްޔިތުން މިހާރު ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނެވެ. ނަމަވެސް ހުވަފެން އަދިވެސް އޮތީ ހުވަފެނެއްގެ ގޮތުގަ އެވެ. މިފަހަރުވެސް މިއީ އެޕްރީލް ފޫލަކަށް ނުވާނެކަމަށް ރައްޔިތުން އުންމީދު ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355