twitterviber whatsapp telegramfacebookyoutube instagram
27th April 2024

މަރާހިތުން ‘އެކްސައިޓް’ ވެފައި!

Jun 19, 2016

ރައްޔިތެއް

ދިވެހިން މިތިބީ މަރަން، ފޯރި ހިފާފަ އެވެ. މަގުމަތީގައި ވެސް މަރަނީއެވެ. ތިން ހަތަރު މީހުން މަރައިނުލައި އަހަރެއް ނުދެއެވެ.

ސަރުކާރުންވެސް މި އުޅެނީ މަރާހިތުންނެވެ. އިރުއިރުކޮޅާ މަރަން ހަދާނެ ގޮތުގެ ވާހަކަ އެބަދައްކައެވެ. ބައެއް ފަހަރު ވިހަ އިންޖެކްޝަނެއް ޖަހައި މަރާނެވާހަކައެވެ. އަނެއްބައި ފަހަރު ދަންޖައްސައި މަރާނެވާހަކައެވެ.

ޝެއިޚުންވެސް ދައްކަނީ މަރަންވީ ވާހަކައެވެ. މެރީމާ މެރުން ހުއްޓޭނެ ވާހަކައެވެ. މަރާވާހަކަ ދައްކާއިރަށް އާއްމު ރައްޔިތުންނަށްވެސް އަރަނީ ގަދަ ފޯރިއެކެވެ. މަރާތަން ބަލާހިތުން ތިބެވެނީ އެއް ނޫނެވެ.މަރުހިފާވާހަކަ ދައްކާ ކޮންމެ މީހަކު މަގުބޫލު މީހަކަށް އެބަވެ އެވެ. މިތިބީ ކިހިނެއްވެފައި ބާވައެވެ؟

މީހުން މެރުމާއި މަރަންޖެހުން އެއީ، ރަނގަޅު މުޖުތަމައެއް ބިނާކުރުމުގައި އަހަރެމެން ފެއިލުވެފައިވާ ކަމުގެ ހެއްކެކެވެ. މެރުމަކީ މައްސަލައިގެ މުޅި ހައްލެއްނޫނެވެ. ގާތިލުން އުފެދެން މެދުވެރިވާ ބައިވަރު ސަބަބު އެބަހުއްޓެވެ. އެ ސަބަބުތައް އިލްމީގޮތުން ތަހުލީލުކުރެވި، ހައްލު ހޯދަންޖެހެއެވެ. ގައުމުގެ ކަންކަން އިސްލާހުކުރަންޖެހެއެވެ. އެހެންނޫނީ ހައްގަކާއި ނުލައި އޮހޮރުވާލެޔަށް ނިމުމެއްނެތެވެ.

މަރަށް މަރު ހިފުމަކީ ދީނުގައި އޮތް އަދަބެކެވެ. ނަމަވެސް، މަރަށް މަރު ހިފުމަކީ އޮތް ހަމައެކަނި ހައްލުކަމަށާއި އެއީ އިސްލާމްދީން ވަރަށް ބޮޑަށް ތަރުހީބުދޭ ކަމެއްހެން ހީވާވަރު ކޮށްލައިފިއެވެ. މަރަށް މަރުހިފުމާއި ގުޅޭ އެހެން ޝަރުޠުތަކުގެ ވާހަކަ ނުވެސް ދައްކަނީއެވެ.

އެންމެން މިތިބީ މަރަންފަށާނެ އިރެއްގެ އިންތިޒާރުގައެވެ. އެކަމަކު މަރުވެދާނެ ކަމުގެ އިންތިޒާރެއްގައެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355