twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފެން ހިންދާ ނިޒާމު ދިހަ މަސް ވެގެންދިޔައިރު ވެސް ނުނިންމުނު

Jun 20, 2016

ހދ.ކުޅުދުއްފުއްޓަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓައި ގާއިމްކުރަން ހަމަޖެހިފައިވާ ފެން ހިންދާ ނިޒާމްގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ އެވެ.

ގްލޯބަލް އެންވައިރަމެންޓަލް ފެސެލިޓީ(ޖެފް)ގެ ހިލޭއެހީއެއްގެ ދަށުން ހިންގާ ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރާ ފެންހިންދާ ނިޒާމް ގާއިމްކުރުމަށް ހަމަޖައްސާ ފައިވަނީ ޒިގްޒެގް ދަނޑުގެ އަޑީގައި ޓޭންކްތަކެއް ބަހައްޓައިގެންނެވެ. ހަމަ ބިމުން ފެށިގެން 3 ވަރަށް ފޫޓް އަޑީގައި ބަހައްޓާ މި ޓޭންކަަކީ (68 މީޓަރ 95 މީޓަރ ފެތޭ 2584 ކޮޑި މީޓަރުގެ 40 ޓަންނުގެ ފެން އެއްފަހަރާ ރައްކާކުރެވޭ ގޮތަށް ގާއިމްކުރާ ސިސްޓަމެކެވެ.

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕެމެންޓް ކޯޕަރޭޝަނުންނެވެ. މިމަޝްރޫއުއަކީ އަމަލީ މަސައްކަތް ފަށާތާ އެއްމަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއުއެއް ނަމަވެސް މިއަދާ ހަމައަށް 10 މަސް ވެގެން ދިޔަ އިރުވެސް މި މަސައްކަތް ވަނީ ނިންމާ ނުލެވިފަ އެވެ.

މިއަދާ ހަމައަށް މި ޕްރޮޖެކްޓްގެ ދަށުން ހަމައެކަނި ކުރެވުނީ ދަނޑުގައި ވަޅުލަން ޖެހޭ ކުދި ޓޭންކްތަކުގެ ވަޅުލުމުގެ މަސައްކަތް އެކަނި އެވެ. އިތުރު މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.

މަސައްކަތް ލަސްވެ މިހާ ގިނަދުވަސް ވެގެންދާތީ އެދަނޑަށް ކުޅެންދާ ޒުވާނުން ވަނީ ކައުންސިލުންގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ.

މި މައްސަލައިގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު “ކުޅުދުއްފުށި އޮންލައިނަ”ށް ވިދާޅުވީ މަސައްކަތް ނިންމަން ބުނެ ތާރީހް ފަހަނަ އަޅާ މިހާ ގިނަ ދުވަސްތަކެއް ވީއިރުވެސް މަސައްކަތް ނުނިމި އޮތުމަކީ މައްސަލައެއް ކަމަށެވެ. އަދި އެކަމާ ކަންބޮޑުވުންފާޅުކޮށް މިނިސްޓްރީގައި އެކަން ދަންނަވާފައިވާނެކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އެެ ޕްރޮޖެކްޓް ފަށައި ގަންނަ ވެގެން އުޅުނު ދުވަސް ވަރު ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ސަރުކާރުގެ އިސް ބޭފުޅުންނާއި ގުޅުވަން މަސައްކަތް ކުރި ނަމަވެސް އެބޭފުޅުނާއި ނުގުޅޭ ކަމަށެވެ. އެހެން ވީމާ ވާއެއް ނުވާ އެކަމުގެ ނޭނގޭ ކަމަށް އަލީ ވިދާޅުވި އެވެ.

” ތިކަމުގައި އަޅުގަނޑު އެއްޗެކޭ ބުންނަޏާ ބުނަނީ ނަގާ އެއްލާލާށޭ ހުރިހާ އެންމެން ނިކުމެ ” ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ ޕައިލެޓް ޕްރޮޖެކްޓްތަކަކީ ކުޅުދުއްފުއްޓަށް މާ ފަހި ޕްރޮޖެކްޓްތަކެއްގެ ގޮތުގައި “މައުމޫނު ” ސަރުކާރުތަކުން ދެކެމުން އަންނަ ކަމަށާއި އެގޮތުން މައުމޫނުގެ ސަރުކާރުގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ދެކުނުގެ ކޮޅުގައި ނަރުދާމަ މަޝްރޫއުއެއް ކުރިއަށް ގެންގޮސް އެސަރަހައްދުގެ ފެން މުޅިން ނު ސާފުކޮށްލައިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355