twitterviber whatsapp telegramfacebookyoutube instagram
31st October 2025

މާބަނޑު ދުވަސްވަރު ގިނަ މަލްޓިވިޓަމިން ކެއުމަކީ ބޭކާރު ކަމެއް

Jul 17, 2016

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މާބަނޑު ދުވަސްވަރު ގިނަ މަލްޓިވިޓަމިން ކެއުމަކީ ބޭކާރުކަމެކެވެ. އަދި ދިރާސާކުރާފަރާތްތަކުން ބުނަނީ މަލްޓިވިޓަމިން ކައިގެން ވަކި މަންމަައަށާއި ބަނޑުގައި އޮންނަ ދަރިފުޅަށް ފައިދާ ނުވާކަމެށެވެ.

އެކަމަކު މާބަނޑުމީހުން އެންއެޗްއެސް ގައިޑްލައިންގެ ދަށުން ފޮލިކް އެސިޑް އަދި ވިޓަމިން ޑީ ކާންޖެހޭނެ އެވެ.

ވިޓަމިން ޑީ ކަނީ މަންމަގެ ކަށިތަކާއި ދަރިފުޅުގެ ކަށިތައް ވަރުގަދަ ކުރުމަށެވެ. އަދި ފޮލިކްއެސިޑް ކަނީ ދަރިފުޅު ހެދިބޮޑުވާއިރު ނިއުރަލް ޓިއުބްގައި އައިބު ކަމެއް އުފެދިދާނެތީ އެވެ.

މިގޮތަށް ކާ ބޭސްތަކުގެ ތެރޭގައި ވިޓަމިން އޭ މާގިނައިން ކެވިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ގެއްލުން ލިބިދާނެއެވެ.

ރޯޔަލް ކޮލެޖް އޮފް މިޑްވައިވްސް ގެ ޖެނެޓް ފައިލް ބުނާގޮތުން މާބަންޑު މީހުން ކައިރީ ކާންވީ ދެމީހުންނަށޭ ބުނެ ސްޓްރެސް ނުދޭށެވެ. އޭގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި މޭވާ އާއި ތަރުކާރީ ކެއުމަށް ބާރު އަޅާ ހިތްވަރުދޭށެވެ.

ހެލްތް ފުޑް މެނުފެކްޗަރާސް އެސޯސިއޭޝަނުން ބުނަނީ ހަމައެކަނި ކައިގެން މިހާރު ބޭނުންވާވަރަށް ނިއުޓްރިއަންޓްސް މާބަނޑުމީހުންނަށް ނުލިބޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355