twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޕެންޓަގްރާމް ހިރަފުސް ކަޕް 9 ގައި ކްރިޕްޓަން އިން ތަފާތު ބޮޑުކޮށް މޮޅުވެ، އެ ޓީމުގެ ފެށުން ރަގަޅުކޮށްފި

Jul 14, 2016

އިއްޔެ ފެށި ޕެންޓަގްރާމް ހިރަފުސް ކަޕް 9 ގައި ކުޅުނު ފުރަތަމަ މެޗުގައި ކްރިޕްޓަން އިން އެފްސީ އެސްޕެރެންޒާގެ މައްޗަށް ތަފާތު ބޮޑުކޮށް މޮޅުވެ އެ ޓީމުގެ ފެށުން ރަގަޅުކޮށްފި އެވެ.

ޖުމްލަ 8 ޓީމު ހިމެނޭ މި މުބާރާތުގައި އިއްޔެ  ކުޅުނު މެޗުގައި ކްރިޕްޓަންގެ ހުސައިން އަބްދުލް ރަޝީދު (ބިގޭ) 4 ލަނޑު ޖަހާފައިވާއިރު އެ ޓީމުން މެޗުގެ ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓްގައި ބިގޭ ކާމިޔާބުކުރި ލަނޑުންނެވެ.

އޭގެ ދެ މިނެޓް ފަހުން އަލީ ޒިޔާދު (ބޮޑު ސައި) ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ އަހްމަދު ނަދީމް (ޒިންދި) ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ކްރިޕްޓަން އިން ތަނަވަސްކުރި މި މެޗުގެ 16 ވަނަ މިނެޓްގައި އަސްވަދު ރަޝީދު (އަސްލޭ) ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މި ލަނޑުގެ އިތުރުން އަސްލޭ ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ.

ދެ ޓީމުގެ ކެޕްޓަނުން އަސްލޭ(ކ) އަދި ވީއްކެ – ފޮޓޯ: ސްނެޕްސް

ފުރަތަމަ ހާފުގެ 25 ވަނަ މިނެޓްގައި ބިގޭ އިތުރު ލަނޑެއް ޖެހިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ބިގޭ ވަނީ މެޗުގެ 53 ވަނަ މިނެޓްގައި އަދި 63 ވަނަ މިނެޓްގައި އިތުރު ދެ ލަނޑު ޖަހާފަ އެވެ.

13-29 ޖުލައި އަށް ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް އެސްޓްރެއްލާ އަދި އެފްސީ ބްރޮންކޯސް އެވެ.

ކުށްކުރުމާ ދެކޮޅަށް މި އަހަރުގެ ޝިއާރު ކަނޑައެޅިފައިވާއިރު މި އަހަރުގެ ޝިއާރަކީ “ޑޯންޓް ސަޕޯޓް ކުރައިމް، ރިޕޯޓް އިޓް” އެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355