twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޓީމަށް ހިތްވަރު ދިނުމަށް މުޅި ކުޅުދުއްފުށި އެކަތިގަނޑަކަށް ވެފައި

Aug 15, 2016

ސިޔާސީ ގޮތުން ހަލަބޮލި ނޫނަސް ދެ ޕާޓީގެ އިސް އެކްޓިވިސްޓުން މެދުގައި އަބަދުވެސް ހިތްހަމަ ނުޖެހުމާ ނުތަނަވަސް އޮވެ އެވެ. އެ މީހުން އެޕާޓީ އަނެއް ޕާޓީގެ މެމްބަރުންނާ ސަމާސާކޮށް، މަޖާކޮށެއް ނުހަދަ އެވެ. އަބަދުވެސް އެއް ބަޔަކު އަނެއް ބަޔަކަށް ބަހުން ޖެހުން ހޮޅުއަށިތަކުގަ އާއި އާއްމު މައިދާންތަކުގައި ވަރަށް އާންމެވެ. ޒުވާނުން ވެސް އެހާ އެބަޔަކު އަނެއް ބަޔަކާ ގުޅުން ބޮޑެއް ނޫނެވެ.

އެކަމަކު މިނިވަން 50 ގެ ފުޓްބޯޅައާ އެކު ކުޅުދުއްފުށިގެ މަންޒަރު ވަނީ ބަދަލުކޮށްލާފައި އެވެ. ހަމަ އެންމެ ކަމަކަށްޓަކަ އެވެ. އާދެ، ފުޓްބޯޅައަށް ހުންނަ ލޮތްބެއްގެ ބޮޑުކަމުނެވެ. ފުޓްބޯޅަ މުބާރާތް ފެށިގެން މިހާތަނަށް އައިއިރު ކުޅުދުއްފުށީގެ ސަޕޯޓަރުން ވަނީ ޓީމަށް ސާބަސް ކިޔުމުގައި މުޅި ރާއްޖޭއަށް ނަމޫނާ ދައްކާފަ އެވެ. ސޯޝަލް މީޑިއާގަ އާއި ނޫސްތަކުގައި ފަލަ ސުރުހީތަކުން ފެންނަމުންދަނީ ކުޅުދުއްފުށީ ޓީމަށް ސަޕޯޓްކުރުމަށް، ސަޕޯޓަރުން ދައްކާ ޖަޒުބާތީ ހިތްވަރުގެ ވާހަކަ ތަކެވެ.

މިއަދު ކުޅުދުއްފުށީ ވަނީ ޓީމަށް ހިތްވަރު ދިނުމަށް އެކަތިގަނޑެއްހެން ފޫގަޅައިގެ ތެދުވެފައި އެވެ. މުސްކުޅިއެއް އަންހެންނެއް ފިރިހެނެއް ކިޔާނެ ކަމެއް ނެތެވެ.  މުޅި ކުޅުދުއްފުށީގެ ކަޅި ހުއްޓީފައިވަނީ ކުޅުދުއްފުށީގެ ޓީމަށް ހިތްވަރު ދިނުމުގައި އެވެ.

މާދަމާ ފައިނަލް މެޗު ކުޅެން ތައްޔާރުވާއިރު ސަޕޯޓަރުންވެސް ދަނީ ޓީމަށް ސަޕޯޓްކުރުމަށް ވަރަށް ބޮޑެތި ތައްޔާރީތަކެއްވަމުންނެވެ. ބެލެވޭ ގޮތުގައި މާދާމާ ވެގެންދާނީ ފަހުގެ ތާރީހްގައި ކުޅުދުއްފުށީ ޓީމަކަށް ސަޕޯޓްކުރުމަށް، އެންމެ ގިނަ ބަޔަކު ދަނޑަށް ވަންނާނެ ދުވަހަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355