twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގެ ފެންހިންދާ ނިޒާމްގެ މަސައްކަތް ނުނިމުން – ތިނަދޫގައި އެމަސައްކަތް ފަށަނީ

Sep 1, 2016

ކުޅުދުއްފުށީގެ ފެންހިންދާ ނިޒާމްގެ މަސައްކަތް ނުނިމި، ނިންމަށް ދިން މުއްދަތު ފަހަނަ އަޅައި މިހާރު ވަނީ އެތައް ދުވަހެއް ފާއިތުވެފަ އެވެ. މަސައްކަތް އެމްއާރުޑީސީއާ ހަވާލުކުރީ ފަށާތާ 1 މަސް ދުވަސް ތެރޭގައި ނިންމުމަށެވެ. މިދިޔަ އަހަރުގެ އޯގަސްޓްމަގު ތެރޭގައި ފެށި މިމަސައްކަތްތަށް އަހަރެއް ވެގެންދިޔައިރުވެސް ނިންމުމަށް އެމްއާރުޑީސީ ވަނީ ނުކުޅެދިފަ އެވެ.

މިހެން މިކަން އޮއްވާ މިއަދު މިއިވިގެން ދިޔަ ހަބަރަކީ ގދ. ތިނަދޫގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރަށުތެރޭގައި ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކުރި ހަބަރެވެ. އެވެސް ހަމަ އެއްމަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކުޅުދުއްފުށީގައި ގާއިމް ކުރަނީ ގްލޯބަލް އެންވައިރަމެންޓަލް ފެސެލިޓީ(ޖެފް)ގެ ހިލޭއެހީއެއްގެ ދަށުން ހިންގާ ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރާ ފެންހިންދާ ނިޒާމެކެވެ. މިއީ ހަމަ ބިމުން ފެށިގެން 3 ވަރަށް ފޫޓް އަޑީގައި ޓޭންކްތަކެއް ބަހައްޓައިގެން 68 މީޓަރ 95 މީޓަރ ފެތޭ 2584 ކޮޑި މީޓަރުގެ 40 ޓަނުގެ ފެން އެއްފަހަރާ ރައްކާކުރެވޭ ގޮތަށް ގާއިމްކުރާ ސިސްޓަމެއް ކަމަށް އެންވަރަމަންޓް މިނިސްޓްރީ މައުލޫމާތު ދެ އެވެ.

ތިނަދޫގައި ގާއިމްކުރުމަށް މިއަދު ހަވާލުކުރި މަޝްރޫއަކީ 37،925،762.33 ރުފިޔާގެ މަޝްރޫއެކެވެ. އެ ނިޒާމަކީ 2000 ކޮޑިމީޓަރުގެ ފެން ރައްކާކުރެވޭ ގޮތަށް ގާއިމްކުރާ ސިސްޓަމެކެވެ.

ޖުލައިމަހު ކޭއޯއަށް ދެއްވި އިންޓަވިއުގައި އެމްއާރުޑީސީގެ މިހާރު މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ކުޅުދުއްފުށީގެ ފެން ހިންދާ ނިޒާމްގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މަސައްކަތް ލަސްވެގެން ދިޔައީ ވެހިކަލްތައް މަދުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ރަށްތަކެއްގައި ފެންހިންދާ ނިޒާމް ގާއިމްކުރުމަކީމައްސަލައެއް ނޫނެވެ. އަތޮޅު ތެރޭގެ އެތައް ރައްޔިތަކަށް ފައިދާކުރާނެ މަޝްރޫއުތަކެވެ.ނަމަވެސް ކުރިން އެމަސައްކަތް ފެށިތަނެއްގައި ނުނިންމާ އެހެން ރަށެއްގައި ހަމަ އެމަސައްކަތް ކުރަން ފެށުން ނުވަތަ ނުކުރެވޭ ވަރު ބަޔަކާ މަޝްރޫއުތައް ހަވާލު ކުރުމަކީ ރައްޔިތުން ސުވާލު އުފައްދާނެ ކަންކަމެވެ.

ކުޅުދުއްފުށީގައި މިމަސައްކަތް ފަށައިގެން ނިންމާނުލެވިގެން އުޅެނިކޮށް ތިނަދޫގައި އެމަސައްކަތް ފަށާ، ނިންމުމަށް ކިތައް މަސް ވެގެންދާނެ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355