twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހިއްޗަށް ވަޑައިގަތުން: ބާޒީގައި ރަސްގެފާނުގެ މައްޗަށް ރާނީ ކުރި ހޯދައިފި

Sep 15, 2016

ކޮންމެ އަހަރަކުވެސް ބޮޑު އީދު ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ބޭއްވޭ ހަރަކާތަކީ ހިއްޗަށްވަޑައިގަތުމެވެ. މިއީ ކުޅުދުއްފުށީގައި ބޮޑު އީދުގެ ކުޅިވަރުތަށް ފެށުމަށް ބޭއްވޭ ފުރަތަމަ ހަރަކާތް ވެސް މެއެވެ. އެހެން ނަމަވެސް މި އަހަރު މިވަނީ ދެބައެއްގެ ދޭތެރޭގައި ހިނގި “ދެބަސް” ވުމެއްގައި މަންޒަރު މުޅިން ބަދަލުވެފައެވެ.

އާދެ! ރަސްގެފާނުގެ މައްޗަށް ރާނީ ގަދަވެގަތީ އެވެ. ނުވަތަ ރަސްގެފާނު “ބޮޑާ” ހޭއްކެވީ އެވެ.

މި އަހަރު ކުޅުދުއްފުށީގައި ބޭއްވީ ހިއްޗަށްވަޑައިގަތުމެއް ނޫނެވެ. ރާނީ ހިނގުމެވެ. މިއީ ރާއްޖޭގެ ރަށެއްގައިވެސް މިހެން ހިއްޗަށްވަޑައިގެންނެވި ފުރަތަމަ ފަހަރު ކަންނޭނގެ އެވެ. ނުވަތަ ރަސްކަލެއްގެ މައްޗަށް ރާނީއެއްގެ ބަސް ގަދަވި ފުރަތަމަ ފަހަރުކަންނޭނގެ އެވެ.

ހިއްޗަށްވަޑައިގަތުމަކީ ކޮބަތޯ އެވެ؟ ހިއްޗަށްވަޑައިގަތުމަކީ އެންމެ މަތީ ދަރަޖައިގެ ރަސްމީ ޝާހީ ހިނގާލުމެކެވެ. މި ދައްކަނީ ރަދުން ރަސްމީ ވާޖިބުތަކެއް އަދާކުރެއްވުމަށް ހަތްކޮޅުނަގާބޭކަލުންނާއެކު ރަސްމީ އިއްޒަތުގައި ވަޑައިގަންނަވާ ވަޑައިގަތުމެއްގެ ވާހަކައެވެ.

މިއީ ކުޅިވަރެއް ނޫނެވެ. މިއީ ރާއްޖޭގައި ރަސްކަން އޮތް އިރުވެސް ކުރިއަށްދާ ކަމެކެވެ. ދިވެހި ބަސްފޮތުގައި ވާގޮތުން ހިއްޗަށްވަޑައިގަތުމަކީ ރަމަޟާންމަހު ،22 ،24 ،26 28 މިދުވަސް ދުވަހު ހަވީރު ނުވަތަ މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކުރާ ރަސްމީ ކަންތައްތައް އަދާ ކުރެއްވުމަށް ރަދުން ނުވަތަ ހަތްކޮޅު ނަގާ ބޭފުޅުން އެދުވަހަށް ހާއްސަ ވެގެންވާ ޒިޔާރަތެއްގެ ދޮށަށް ރަސްމީގޮތުގައި ވަޑައިގަތުމެވެ.

ދެން އޮތީ ހިއްޗަށްވަޑައިގަތުން ރާނީ ހިނގުމަށް ބަދަލުވިގޮތުގެ ވާހަކަ އެވެ. އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ ހިއްޗަށްވަޑައިގަތުމުގައި އަންހެނުން އަދި ފިރިހެނުންވެސް ބައިވެރިވާގޮތަށް ކުރިއަށްގެންދިއުމަށެވެ. މިކަމުގައި އަންހެނުން ބައިވެރިކުރުމަށް އިސްނެގީ ދާދި ފަހުން އުފެދުން އަންހެނުންގެ ކޮމެޓީންނެވެ. އެހެންނަމަވެސް ހިއްޗަށްވަޑައިގަތުމުގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވުމަށް އެކަމުގައި އިސްކޮށް އުޅޭ ފިިރިހެނުން ބޭނުން ނުވީ މިއީ ސަގާފީ ކަމަކަށްވެފައި އެކަމުގެ އަސްލު ގެއްލޭނެތީ އެވެ. ދެތެކެވެ. އެއީ އަންހެނުން ބައިވެރި ކުރާ ކަމެއްނޫނެވެ.

ރާނީގެ ހިނގާލުމުގެ ތެރެއިން.

އެހެންނަމަވެސް މައްސަލައަކަށްވާ ހިސާބަކީ މިއީ އެވެ. އަސްލު ގެއްލޭނެ ކަމަށްބުނެ ފިރިހެންވެރިން އެކަމާ ދެކޮޅުހެދުމުން އަންހެން ވެރީން ދެން ބޭނުންވީ އަންހެނުން ވަކިން އަދި ފިރިހެނުންވަކިން އެއްދުވަހެއްގައި މި ހަރަކާތް ބޭއްވުމަށެވެ. އެހެންނަމަވެސް އަންހެނުން “ފަހަތުލައިގެން” އެކަން ނުވާނެ ކަމަށްބުނެ ފިރިހެނުން އަނެއްކާވެސް ހާކައިގަތީ ބޮޑަލެވެެ.

އަންހެންވެރީން ބޭނުންވީ ފިރިހެނުންވެސް ވަކިން ބޮޑުމަގުގެ ދެކޮޅުން ނުކުމެ އެކީ މި ހަރަކާތް ނިންމާށެވެ. ފިރިހެނުންގެ ފަހަތުން ހިނގުމުގެ އިރާދައެއް ފަހުން އަންހެންވެރީން ނުގެންގުޅެ އެވެ. ނަމަވެސް ރަސްގެފާނު ދެންވެސް ހޭކީ ހަަމަ ބޮޑަ އެވެ. ހިއްޗަށްވަޑައިގަތުމުގައި އިސްކޮށްއުޅޭ ފިރިހެނުންނަށް އަސްލު އަންހެނުން ބޭނުންވި ގޮތް ނޭނގުނީކަމަށްވެސް ވެދާނެއޭ ނުވަތަ  އައިސްފައި ތިބި ގަދަ ރުޅީގައި ބޭނުންވި ގޮތް އޮޅުން ފިލުވާލަންވެސް ބޭނުން ނުވީކަމަށް ވެސް ވެދާނެ އެވެ.

ހިއްޗަށް ވަޑައިގަތުން މިއަހަރު ނުފެނުމުން އީދަށް އުނިކަން ގެނެސްދިނެވެ. މިއީ ކޮންމެ އީދެއްގައިވެސް ފެންނަ ޖެހޭ ކުޅިވަރެކެވެ. އެހެން ކުޅިވަރެއް އުފަންވާއިރު ކުރިން ކުޅެމުން އަންނަ މިފަދަ ދުވަސްވީ ސަގާފަތް ދައްކައިދޭ ކުޅިވަރެއް އުވާލައިގެން ނުވާނެ އެވެ.

މިދިޔަ އަހަރުގެ އީދުގައި ރަސްގެފާނު ހިއްޗަށް ވަޑައިގަތުން–

 

ކޮންމެ ގޮތަކަށް ވިޔަސް މިފަހަރު ކުޅުދުއްފުށީގެ ރައްޔިތުންނަށް ހިއްޗަށްވަޑައިގަތުން ފެނުންީ އަންހެނުންގެ “ސްޓައިލް” އަށެވެ.

ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރާއިރު، އެ ކުޅިވަރެއްގެ އަސްލު ނުގެއްލޭގޮތަށް ކުރިއަށް ގެންދިއުމަށް ވިސްނަންޖެހެއެވެ. މިކަން ކުރުމަށް ރަށުގެ ޒުވާނުން އިސްނަގައި ދުވަސްވީ މީހުންގެ ފަރާތުން މައުލޫމާތުތައް ހޯދައި އެއްކުރަން ޖެހެއެވެ. އަންހެނުންނަށް ވިޔަސް އަދި ފިރިހެނުން ކަމުގައިވިޔަސް ސަގާފަތް ދިރުވުމުގައި އެ ސަގާފަތެއްގެ އަސްލަށް ރުޖޫއަވާން ޖެހެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355