ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބޮޑުތިލަދުންމަތީގެ 11 ރަށަކުން ބައިވެރިވެއްޖެ އެވެ.
އެގޮތުން ބޮޑުތިލަދުންމަތި ހިމެނޭ ހއ އަތޮޅު ބައިވެރިވެފައިވަނީ 4 ރަށަކުން ހދ އަތޮޅު 5 ރަށަކުން ބައިވެރިވެފައިވާއިރު ށ އަތޮޅު ބައިވެރިވެފައިވަނީ 2 ރަށުންނެވެ.
ހއ އަތޮޅު ބައިވެރިވެފައިވާ ރަށްތައް:
- ވަށަފަރު
- ފިއްލަދޫ
- ތުރާކުނު
- ކެލާ
ހދ އަތޮޅު ބައިވެރިވެފައިވާ ރަށްތައް:
- ނެއްލައިދޫ
- ނާވައިދޫ
- ހަނިމާދޫ
- ނޮޅިވަރަންފަރު
- ކުމުންދޫ
ށ އަތޮޅު ބައިވެރިވެފައިވަނީ:
- ކަނޑިތީމް
- ބިއްލެފަހި
ރާއްޖޭގެ ކޮންމެ ރަށަކުން އެއް ޓީމަށް އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި މާލޭގެ ކޮންމެ އަވަށަކުން ޓީމުތަކަށް ބައިވެރިވޭނެ ގޮތަށް ބާއްވާ މި މުބާރާތުގެ ފުރަތަމަ ބުރުގައި އަތޮޅު ޗެމްޕިއަނުން ހޮވާއިރު، މާލޭގެ ކޮންމެ އަވަށަކުން ޗެމްޕިއަނެއް ހޮވާނެ އެވެ.
އޭގެ ފަހުން ކޮންމެ ތިން އަތޮޅެއްގެ މެދުގައި ބުރެއް ކުޅެ ޒޯން ޗެމްޕިއަން އަދި މާލޭގެ ކޮންމެ ކޮންމެ އަވަށެއްގެ މެދުގައި ކުޅެ މާލޭގެ ޗެމްޕިއަނުން ހޮވާނެ އެވެ.
މިމަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމާއި މާލޭގެ ޗެމްޕިއަން ޓީމަށެވެ.
ކޮމެންޓްކުރުމަށް