ލިސްޓުރިން ނުވަތަ އަނގަ ދޮންނަފުޅި އަކީ އަނގައިގަ ހުންނަ ބެކްޓީރިއާތައް ނައްތާލުމަށް ދަތްއުގުޅުމަށްފަހު ނުވަތަ ދަތްއުގުޅުމުގެ ކުރިން ބޭނުންކުރާ އެއްޗެކެވެ. އެކަމަކު އެއީ އިތުރު އެހެން ކަންކަމުގެވެސް ފަރުވާއެކެވެ.
ލިސްޓުރިންގެ ނޫކުލައިގެ ފުޅިއަށް ވުރެން މިކަންކަމުގައި ބޭނުން ކުރުން ރަނގަޅީ ޗޮކްލެޓް ކުލައިގެ ފުޅިއެވެ.
ނިޔަފަތި ގަނޑު މަރުވުން
ބޫޓު ނުވަތަ އިނގިލި ބަންދުވެފައި ހުންނަ ފައިވާނެއް ބާރުވުމުގެ ސަބަބުން ނިޔަފަތި ގަނޑު މަރުވުން ނުވަތަ ނިޔަފަތީގެ ފަންގަސް ޖެހެއެވެ.
ކަފަކޮޅެއްގައި ލިސްޓުރިން އެޅުމަށްފަހު ފަންގަސް ޖެހިފައިވާ އިގިލީގައި ކުޑަ ބެންޑޭޖް ނުވަތަ ޓޭޕް ކޮޅަކުން ބަންދުކޮށްލާފަ 45 މިނެޓް ބެހެއްޓުމަށްފަހު މަޑު ދަތްއުނގުޅާ ބުރުހަކުން މަޑުމަޑުން ހާކާލުމަށްފަހު ދޮވެލާށެވެ. ދުވާލަކު އެއްފަހަރު މިގޮތަށް ހެދުމުން ރަނގަޅު ނަތީޖާއެއް ފެންނާނެ އެވެ.
ބޮލުގައި ހަންފޮޅުން
ބޮލުގައި ހަންފޮޅޭނަމަ ބޭނުންކުރާ ޝޭންޕޫބަދަލު ކުރުމަކީ ކުރާ ކަމެކެވެ. އެގޮތުން މިއީ ޝޭންޕޫބަދަލު ނުކޮށްކުރެވިދާނެ ކަމެކެވެ. އެއް ޖޯޑު ފެނައް 4/1 ޖޯޑު
ލިސްޓުރިން އަޅާ އެއްކޮއްލުމަށްފަހު ބޮލުގެ އިސްތަށި ގަނޑުގެ ބުޑުންފެށިގެން މަސާޖުކޮށްލާށެވެ. އެއަށްފަހު ޝޭންޕޫބޭނުން ކޮށްގެން ބޯދޮވެލާށެވެ. ރަނގަޅު ނަތީޖާއެއް ފެނިގެންދާނެ އެވެ.
ފައިފެޅުން
ފައިފެޅުމަކީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. ފައިފެޅެން ދިމާވާ މައިގަނޑު ސަބަބަކީ ފަޔާ ނުގުޅޭ ކަހަލަ ފައިވާނެއް ނުވަތަ ބޫޓަކަށް އެރުމުގެ ސަބަބުން ނެވެ.
2 ޖޯޑު ހޫނު ފެނާއި 1 ޖޯޑު ހުދު ވިނެގާ އާއި ލިސްޓުރިން އެއް މިންވަރަކަށް ތައްޓަކަށް އެޅުމަށްފަހު 15 މިނެޓް ވަންދެން ފައި
ލުމަށްފަހު ދޮވެލާށެވެ. ހަފްތާއަކު ދެފަހަރު މިގޮތަށް ހެދުމުން ފައިފެޅުމަށް ފަރުވާއެއް ލިބޭނެ އެވެ.
މޫނުގައި ބިހި ނެގުން
ހާއްސަކޮށް އަންހެނުން މޫނު ރީތިކޮށް ބަހައްޓައް ބޭނުން ވެއެވެ. ލިސްޓުރިންނަކީ މޫނުގައި ނަގާ ބިހި ފިލުވާލަ އެވެ. އަދި ބިހީގެ ރަތް ކަމާއި ބިހި އިންނަ ލަކުނު ފިލުވާލަށް އެހީވެދެ އެވެ. މޫނު ދޮވުމަށްފަހު ކަފަބުރެއްގައި ލިސްޓުރިން ކޮޅެއް ލުމަށްފަހު ބިހިތައް މަތީގައި ހާކާށެވެ. މިގޮތައް ނިދަން ދިއުމުގެ ކުރިން ހެދުމަށްފަހު ހޭލައި ދޮވެލުމުން ބިހި މަދުކަށް ފާހަގަ ކޮށްލެވޭނެ އެވެ.