ހިރަފުސް ޔޫތު ޗެމްޕިއަންޝިޕް 2016 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަހްމަދު ދާވޫދު - 1 year ago - 15 ނޮވެމްބަރ 2016



ހިރަފުސް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ބޭއްވޭ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މަދުވެގެން 4 ޓީމު މުބާރާތުގައި ބައިވެރިވެއްޖެނަމަ އެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ 1 ޑިސެންބަރު 2016 އެވެ.

މުބާރާތުގައި ކުޅުންތެރިއެއްގެ ގޮތަށް ރެޖިސްޓާ ވެވޭނީ 1 ޖެނުއަރީ 2016 އަށް 23 އަހަރު ފުރިފައި ނުވާ ކުޅުންތެރިންނަށެވެ.

މި މުބާރާތް ހިރަފުސް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އިނާމުތަކަށް ގޮތެއް އަދި ނުނިންމާ ކަމަށް ހިރަފުސްގެ ފަރާތުން ވާހަކަ ދައްކަމުން ހިރަފުސްގެ ރައީސް މުހައްމަދު ހަސަން (ޕޯޓޭ) ހާމަކުރި އެވެ. ނަމަވެސް މުބާރާތަށް ލިބޭ ތަރުހީބަށް ބަލައި އިނާމުތައް ކަނޑައެޅޭނެ ކަމަށް ހާމަކުރި އެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް 18 ކުޅުންތެރިންނާއި 5 އޮފިޝަލުން ހިމެނޭނެ އެވެ.

މި މުބާރާތަކީ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް 11 އަ ސައިޑް މުބާރާތެއް ކުޅުމުގެ ފުރުސަތު ހޯދާދިނުމުގެ ގޮތުން ބޭއްވޭ މުބާރާތެކެވެ. އެންމެ ފަހުން ކުޅުދުއްފުށީގައި 23 އަހަރުން ދަށުގެ މުބާރާތެއް ބޭއްވުނީ 2008 ވަނަ އަހަރު އެވެ.


ގުޅުން ހުރި ލިޔުންތައް



  1. އަހުމަދު 1 year ago
    ފުޓްބޯޅަ މުބާރާތަކަށް 11 އަސައިޑް މުބާރާތެކޭ ކީމަ ވަރަށް ހުތުރު. ފުޓްބޯޅަ އަކީ 11 މީހުން ޓީމެއްގައި ކުޅެން ތިބޭ ކުޅިވަރެއް... ފުޓްބޯޅަ މުބާރާތަކަށް 11 އަސައިޑް ކީމަ އޭގެ ހައިބަތު ގެއްލޭ.. އެހެނެއްނޫން މިސާލަކަށް 6 އަސައިޑް، 9 އަސައިޑް އޯކޭ.. ފުޓްބޯޅަ އަކީ ފުޓްބޯޅަ.
  2. Football 1 year ago
    Futboalha myhun liya liun mi e 11 a side jahafa ves
  3. ހާމިދު 1 year ago
    ކަލޯމެން ކޮންމެސް އެހެން އެއްޗެއް ކުޅެން އުޅޭ 300 މީހުން އުޅޭ 1 ދަނޑު ހުންނަ ރަށަކުން ބަޔަކު އަޔަސް ވާނީ 9 ސުމަކުން ބަލި، އެހެންނެއްނުން ބަށި ކުޅޭ ކުދިން އޯކޭ