ބޮޑު ތިލަދުންމަތި ބިކަ ކުރުމުގެ ސިޔާސަތު

އަބްދުލް ވާހިދު ޙަސަން - 1 year ago - 3 ޑިސެމްބަރ 2016ދިވެހިރާއްޖޭގައި މާލެ ނެގުމަށްފަހު އެންމެ އާބާދީ ބޮޑު ދެ ސަރަހައްދަކީ ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނެވެ. ދެކުނަށް ބަލާއިރު އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އާބާދީ އެއްކޮށް ގުނައިފިނަމަ، މާލޭން ދެކުނު އެހެން ހިސާބުތަކުގެ އާބާދީ އެއްކޮށްލިޔަސް އެ ދެސިޓީގެ އާބާދީއާ ނުބައްދަލު ވާނެއެވެ. ހަމަ މިބީދައިން އުތުރުއަށް ބަލައިފިނަމަ، ބޮޑު ތިލަދުންމަތީގެ އާބާދީ މާލޭން އުތުރުގެ އެހެނިހެން ހިސާބުތަކާ އަޅާބަލާއިރު ތަފާތު ވާނެ އެވެ.

ނަމަވެސް އުތުރާއި ދެކުނުގެ އާބާދީއަށް ބަލާއިރު ތަފާތު އެއްކަމެއް އޮވެއެވެ. އެއީ މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންގެ ތެރޭގައި އުތުރަށްވުރެ ދެކުނުގެ މީހުން ގިނަވުމެވެ. ހާއްސަކޮށް ބޮޑު ތިލަދުންމަތީގެ އާބާދީގެ ބޮޑުބައެއް އެސަރަހައްދުގައި އުޅެއެވެ. ވަކިން ހާއްސަކޮށް ކުޅުދުއްފުށީގެ މީހުންނަކީ ރަށުގައި އަމިއްލައަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދައިގެން އުޅޭ މީހުންނެވެ. ތަންކޮޅެއް ކުރީގެ ދުވަސްވަރަކަށް ބަލާލައިނަމަވެސް މަންޒަރު ފެންނަނީ އެހެންނެވެ. ކުޅުދުއްފުށީގެ މީހުންނަކީ ބޯޓު ދަތުރުކޮށްގެން އާމްދަނީ ހޯދި ބަޔެކެވެ. މާލެއަށް ގޮސްގެން ނޯކިރީ ކުރަން އުޅުން މީހުން މަދުވާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އާބާދީ ބޮޑު ހިސާބުތަކުގެ ނުރައްކާ މާލެއަށް

ތާރީހަށް ބަލާއިރު، އަތޮޅު ތެރޭގައި އާބާދީ ބޮޑު ސަރަހައްދު ތަކުގެ ނުރައްކާ މާލެއަށް ވަނީ ފޯރާފައެވެ. އާބާދީގެ ސަބަބުންނާއި މީހުންގެ ހޭލުންތެރިކަމުގެ ސަބަބުން މާލޭ ސަރުކާރަށް ބައެއް ފަހަރު ވަނީ އުނދަގޫތައް ކުރިމަތި ވެފައެވެ. ދެކުނަށް ބަލާއިރު ޔުނައިޓެޑް ސުވަދީބު ނަމުގައި އަމިއްލަ ދައުލަތެއް އުފެދިގެން ދިއުމަކީ ސަރުކާރަށް ލިބުނު ބޮޑު ސިހުމެކެވެ. ހަމަ އެހެންމެ އުތުރު ގަޑުބަޑަކީވެސް މާލޭ ސަރުކާރުގެ މޭކަރައިގަތް ނުރައްކަލެކެވެ. އެހެންކަމުން އުތުރާއި ދެކުނުގެ މީހުން ތައުލީމީ ގޮތުންނާއި މާއްދީ ގޮތުން ކުރިއަރައިގެން ދިއުމަކީ އަބަދުވެސް މާލޭ ސަރުކާރަށް ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި ސަރުކާރު ހިންގާ މީހުންގެ ވިސްނުމުގައި ހުންނާނެކަން ކަށަވަރެވެ.

ހިޖުރަކުރުމަށް މަޖުބޫރުވުން

ހިތުތެރޭގައި ކޮންމެ ނިޔަތެއް ބާއްވައިގެން ވިޔަސް ނުވަތަ ފޮރުވިފައި ސިޔާސަތެއް އޮވެގެންވިޔަސް، ތަރައްގީ ވެގެން ދިޔައީ މާލެ އެވެ. ކޮންމެ ގައުމެއްގައިވެސް ވެރިކަން ކުރާރަށް ތަރައްގީ ވާނެ އެވެ. ނަމަވެސް ރާއްޖޭގައި ވެރިކަންކުރާ ރަށް ތަރައްގީ ވެގެން ދިޔައިރު، ރާއްޖެތެރެ އޮތީ ވާނެ އެއްޗެއް ވާން ދޫކޮށްލާފައެވެ. މާލެ ފިޔަވާ ރާއްޖޭގެ އިތުރު އެހެން ސަރަހައްދެއް ތަރައްގީ ކުރަން ވިސްނާފައި އޮތްކަމަކަށް ތާރީހަކުން ނުފެނެއެވެ. އެހެންކަމުން، ރަށުން ލިބެންނެތް ބޭސްފަރުވާއާއި ދަރިންނަށް ރަނގަޅު ތައުލީމު އުނގަންނައިދިނުމަށް މާލެއަށް ހިޖުރަކުރަން މަޖުބޫރު ވެގެންދިޔައެވެ. އަދި މާލޭގެ ކުލީގެ އަހުލުވެރިންނަށް ވެގެންދިޔައީއެވެ. ބައެއް ރަށްތައް ފަޅުވެގެން ދިޔައެވެ. މިހާރަށް ބަލާއިރު، އައްޑޫ ސިޓީއަކީ މާލެ ފިޔަވާ އެންމެ އާބާދީ ބޮޑު އަތޮޅޭ ބުނިކަމުގައިވިޔަސް، އައްޑޫގައި ދިރިއުޅޭ މީހުން މިހާރު މަދުވެއްޖެ އެވެ. ގެތަކެއް ވަނީ ފަޅުވެފައެވެ.

ހުޅުމާލެއަށް ހިޖުރަ ކުރުމަށް ދައުވަތު

ކުރީގައިނަމަ ރަށްރަށުގެ މީހުން މާލެއަށް ހިޖުރަ ކުރަމުން ގެންދިޔައީ އެގޮތަށް މަޖުބޫރު ވެގެންނެވެ. ނަމަވެސް މިހާރު އެއާ މުޅިން ތަފާތެވެ. ސަރުކާރުގެ އެންމެ އިސްވެރިން ޕޯޑިއަމްތަކާއި ޓީވީތަކުގައި ހުޅުމާލެއަށް ހިޖުރަ ކުރުމަށް ވަނީ ދައުވަތު ދީފައެވެ. ހުޅުމާލެއަކީ ރާއްޖެތެރޭ މީހުންގެވެސް ރަށެއް ކަމަށާއި ކޮންމެ މީހަކަށްވެސް ހުޅުމާލެއަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ޒުވާނުންގެ ޝަހަރުކަމަށް ސިފަކޮށް، ޒުވާނުން ހުޅުމާލޭ ފްލެޓްތަކަށް އަޅާލުމުގެ ޕްލޭންތައް ވަނީ ހަދާފައެވެ. ރާއްޖެތެރޭގެ އެންމެހައި ޒުވާނުން ހުޅުމާލެއަށް ބަދަލުވެއްޖެނަމަ މުސްތަގްބަލުގައި ރާއްޖޭގެ ގިނަ ބަޔަކު އުޅޭނީ ހުޅުމާލޭގައެވެ. ޕްލޭންއަކީ ރާއްޖެތެރެ ހުސްކޮށްލުމެވެ.

ކުޅުދުއްފުށި އަދި ތިލަދުންމަތި އެކަހެރިކުރުން

ކުރިންވެސް ފާހަގަ ކުރިގޮތަށް ރާއްޖެތެރޭގެ ގިނަ ބަޔަކު މާލެއަށް ހިޖުރަކޮށް ކުލީގެ އަޅުންނަށް ވެގެން ދިޔައިރު، ކުޅުދުއްފުށީގެ ގިނަ ބަޔަކު އަދިވެސް ރަށުގައި އެބަތިއްބެވެ. ރަޖިސްޓަރވެފައިވާ އާބާދީ އާއި މީހުން ދިރިއުޅޭ އާބާދީއަށް ބަލާއިރު، ރަށުގައި އުޅޭމީހުންގެ އަދަދު އެންމެ ގިނަ އެއް ރަށަށް ކުޅުދުއްފުށި ވާނެ އެވެ. އެހެން ކަމުން ކުޅުދުއްފުށި މީހުން ރަށުން ލުހެލައިގެން ގެނެސް މާލެއަށް އަޅާލުމަކީ މިހާރުގެ އަމާޒެއްކަން ޔަގީނެވެ.

ތިލަދުންމަތީގައި ސްކޫލު ނިންމާ ދަރިވަރުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް އެއާ ގާތްކުރާ އަދަދަކަށްވެސް ސަރަހައްދުގައި ވަޒީފާއެއް ނުއުފެދެއެވެ. ސްކޫލު ނިންމުމަށްފަހު ދާނެ ވަޒީފާއެއް ނެތުމުގެ ސަބަބުން ކޮންމެ ކުއްޖެއްގެވެސް މިސްރާބު އަނބުރާލަނީ މާލެއަށް ކިޔަވަން ދިއުމަށެވެ. ނުވަތަ ރިސޯޓަކަށް ވަޒީފާއަކަށް ދިއުމަށެވެ. ނަމަވެސް ހއ ގައި އޮތް ދެތިން ރިސޯޓް ފިޔަވައި އިތުރު ރިސޯޓެއް ކައިރީގައި ނެތުމުން ޒުވާނުން ބަދަލުވަނީ މާލެ ނޫނީ މާލެކައިރިން ރިސޯޓަކަށެވެ.

އިހަވަންދިއްޕޮޅުގައި މެގަ ޕްރޮޖެކްޓެއް ފަށާވާހަކަ އަބަދުވެސް ދައްކައެވެ. ނަމަވެސް އެއީ ހަމައެކަނި ކަރުދާހުގައި އޮތް ކުރެހުމެކެވެ. އެކަން ހަގީގަތަކަށް ހެދުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. މާލެ ފިޔަވާ އެހެން ސަރަހައްދަކަަށް އެވަރުގެ ބޮޑު އިންވެސްޓްމަންޓެއް ގެނެސްފާނެހެން ހީވޭ ހެއްޔެވެ. ހދ ގައި އަދިއަދަށްދާންދެންވެސް އެންމެ ރިސޯޓެއް ވެސް ނުހުޅުވެއެވެ. ތިން ރިސޯޓެއް ހަދާތާ 10 އަހަރު ވެއްޖެއެވެ. އަދިވެސް ހުޅުވޭ ކަމަކަށް ނުވެއެވެ. އެކަން އެހެން އޮށްވާ ރައީސް ވަޑައިގެން އިތުރު 5 ރިސޯޓު ހދ ގައި ހުޅުވާނެކަމަށް އިއުލާން ކުރިކަމުގައި ވިޔަސް އެއީ އިހުލާސްތެރިކަމެއް ނެތް ބަސްތަކެއްކަން މިއަދު ހާމަވެއްޖެ އެވެ. ވިދާޅުވި 5 ރަށުގެ ތެރެއިން އެންމެ ރަށެއްގައި ވެސް އެއްވެސް މަސައްކަތެއް ކުރޭތޯ ނިކަން ބައްލަވާށެވެ.

މިއީ ހަމަ ދެތިންކަމެކެވެ. ތިލަދުންމައްޗާއި ކުޅުދުއްފުށީގެ ތަރައްގީ ވަނީ މަޑުޖައްސާފައެވެ. ބޭނުކަމީ އެންމެ ބޭނުމެކެވެ. އެއީ އަހަރެމެން ބިކަ ކުރުމެވެ. މާލެ އާއި ހުޅުމާލެއަށް ހިޖުރަ ކުރަން މަޖުބޫރު ކުރުމެވެ. މިއީ ހަގީގަތެއް ނޫންނަމަ ތަރައްގީ އަމަލުން ދައްކަވައި ދެއްވާށެވެ.


ގުޅުން ހުރި ލިޔުންތައް 1. މަބުނީ 1 year ago
  ސާބަސް ލިޔުންތެރިޔާއަށް.
 2. ގފދ 1 year ago
  މިހާރުން މިހާޜަށްވެސް ކުރަން ޖެހިފައިވަ ކަމަކީ ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރަން. ޓުއަރިޒަމް ރާއްޖޭގައި އެންމެ ފަސޭހައިން ކުރެވޭ ކަންތައް ކުރިއެއް ނާރާނެ ހަނިމާދޫ ތަރައްގީ ނުކޮށެއް.މ ހދ. ގައި ރިސޯޓެއް ނެތޭ ކިއާ ރިސޯޓް ނުހުޅެވިގެން އުޅޭއިރު ކުޅުދުއްފުށީ މީހުން ހަނިމާދޫ ތަރައްގީ ކޮށް އިންޓަރނޭޝަނަލް ފްލައިޓް ޖައްސާ ވާހަކަ ނުދައްކާ ކުޅި ހަލާކުކުރާ ރަށު އެއަރޕޯޓް ވާހަކަ ދައްކަނީ ނޭފަތުކުރިއާ ހަމަޔަށް ވިސްނާތީ. މި ލިއުމުގައިވެސް އެވާހަކަ ނެތީ އެހެން ރަށެއްގައި ކަމެއް ވާތީބާ އެއީ ތިމާމެންނަށް އަދި މުޅިއަތޮޅަށް ފައިދާ ކުރަނެ ކަމަކަށްވިއަސް. ކުޅުދުއްފުށީގެ ލިއުންތެރިއަކު ހިއްވަރުގަދަ ކޮށްފައި މިސުވާލަށް ޖަވާބު ދޭންޖެހޭ. ރިސޯޓާ ވަޒީފާ ބޭނުންނަމަ ފުރަތަމަ ކުރަންވީ ކަމަކީ ހަނިމާދޫ ތަރައްގީ ކުރަންކަން ދަންނަންޖެހޭ. މިކޮމެންޓް ޖެހުމުގެ ހިއްވަރު ހުންނާނެ ކަމަށް ހީކުރަން.
  1. ޒާން 1 year ago
   ހަނިމާދޫ އެއަރ ޕޯޓުގަދެ ކިލޯ މީޓަރުގެ ރަންވޭއެއް އަޅައގެން އިންޓަނޭސަނަލް ކިއުގެ ބޭނުމެއް ނެތް. 3.5 ކިލޯ މީޓަރު ނުނެގެންޏާ އުތުރުގެއެހެން ތަނެއްގަ އެޅީމަ ވީނު
   1. ޗުލޭ 1 year ago
    ގަމުންވެސް ތިޔަބުނާ ވަރު ރަންވޭ ނެގީ ހިއްކައިގެން. އެކަން ނުވާނަމަ އަންނި އިރު އެތަން ކުރަހާ ދޭކަށް ނޫޅުނީސް. އެއެޅެނީ ކޮންމެވެސް ބަހަނާއެއްދައްކާ ވާވައްދަން. މިއޮތީ ކުރެހުން ބަލާލާ. https://www.youtube.com/watch?v=ivW2EVV4_2Q
    1. ޒައިން 1 year ago
     ހަނިމާދޫއަކުން ނުނެގޭނެ 3.5 ގަބޫލުނުކުރަންޏާ ގޫގަލް މެޕުންމިންއަޅަެިގެން ބަލާ. އެކަންވާނެ ގޮތަކީ މީހުން އުޅޭސަރަހައްދުން ބޮޑުބައެއްހުސްކުރުން އޭރުން ނެގޭނެ އެވަރު މާރީއްޗަށްވެސް.
    2. ނަދީޟޫ 1 year ago
     ތިޔަ ކުރެހުމުގަ ރަންވޭ އެއޮތީ މީހުން އުޅޭ ސަރަހައްދުގެ މަތިން ގޮސްސަ. ތިގޮތަށް ތިކަން ކުރަންޏާ ބޮޑު ހަރަދެއް ހިނގާނެ.
     1. ޖޫ 1 year ago
      ބައްޔެއްނު. މާލޭ ބުރިޖަށް ހިނގާ ޚަރަދު ބަލާބަލަ. މިދައްކަނީ އުތުރުގެ ހުރިހަ ރައްޔިތުންނަށް ފައިދާ ވާނެ ކަމެއްގެ ވާހަކަ. ބަޖެޓުން މިގޮތަކަށް އެއްވެސް ގައުމެއްގައި އެއްތަނަކަށް އަޅައެއް ނުލަނެ. އެންމެންވެސް ޓެކްސް ދައްކާ އެ ހަމަހަމަކޮށް ބަހަން ގާނޫނުގައިވެސް ލިޔާނެ. ތަރައްގިކުރަން އޮތް 6 ބިލިއަން ވަރު 19 އަތޮޅަށް ބަހާލަންޏާ ކޮންމެ އަތޮޅަކަށް 300 އެއްހާ މިލިއަން ލިބޭނެ. މައްސަލައަކީ އެ ހުރިހަ އެއްޗެއް މާލެ އޮއްސާތީ. އަގުބޮޑޭ ކިއުމަށްވުރެ މާލެ މުއިއްޒުކޮށް ހަދާ ތަޅަން އިސްރާފު ކުރާ ވަރު ބަލާފަ ކިއާ އެއްޗެއް ކިޔާ
     2. ޒައިން 1 year ago
      ރަންވޭ ނޫނީ އެއަރ ޕޯޓް އަޅާކަށް ނޫނޭ ބޮޑު ހަރަދެއްދާނި ތިޔަ ކުރެހުމުގަ އޮތް ގޮތުން، ތިރަށުން މީހުންބާލާ އެހެންތަނެއްގަ ވަޒަންވެރިކުރުވަން..ތިޔަކުރެހުން އޮތް ގޮތުން ރަށުން މީހުން ހުސްކުރަންޖެހޭ.. ތިޔައީ ނަcީދުގެ ހިޔާލީ ސްޓަންޓެއް މީހުން ވާވައްދަން ކޮށްފަ އޮތް
   2. އަލީ 1 year ago
    7ކިލޯ މީޓަރ ނެގޭނެ
    1. ކުޅުދުއްފުށީ ހަލިމް 1 year ago
     އާނ މީހުން ބާލާ ހުސްކޮށް ރަންވޭގެ މިހާރު އަޅާފަ އޮތްބައި ވެސް ނަގައިފަ ސީދާކޮށްފަ އަލުން އާ ރަންވޭއެއް އަޅަނޏާ 7 ކިލޯ މީޓަރު ނެގޭނެ.. މީހުން ބަދަލުކުރަން ވެސް އެކަނި ވެސް 200 މިލިޔަން ޑޮލަރު ވަރު ހޭދަވާނެ.. ރަންވޭ އަލުން ނަގާ އާރަންވޭ އެއް އަޅަން އަނެއް 400 މިލިޔަން... އެއަށް ވުރެއް މާ ކުޑަ ހަރަދަކުން މި އުތުރުގެ އެހެން ތަނެއްގަ އިންޓަރނޭސަނަލް އެއަރ ޕޯޓެއް ތަރައްޤީކުރުން މާރަނގަޅު.. ދައުލަތާ ރައްޔިތުންނަށް ވެސް މާ ފައިދާ ބޮޑު
 3. ހަޕޭ 1 year ago
  ކަލޭމެން ފިނޑީ
 4. KABS 1 year ago
  Hanimaadhoo kaakubaa Kulhudhuffushi meehunnah Dhathivaa kanthahthakuge Vaahaka evves shaaku dhekkee
 5. ހަނީފް 1 year ago
  ރައީސު މީހާ ބުނި ތިލަދުންމަތީގަ ހެވަންއެއް ވެސް ހިއްކާނޭ މިއަހަރު ފަހުކޮޅު. އަދި އޭގެ ކުރިން ބުނި ހުޅުމާލެ ހިއްކާ ނިމޭތަނުންހިއްކާނަމޭ. ދޮގު ހަދާކަމަށްނަންވާނި ނަސީދު... މީނާ އަކި ބުނާ ބަހާ އެއްގޮތަށް ކަން ކުރާ މީހެކޯލަ.
 6. އަޙްމަދު ޝިފާއު 1 year ago
  ތިޔަ ކަން އެންމެންނަށް އެގޭ މައްސަލަކީ ތިކަމާ ވާހަކަ ދައްކައި ރަށައް ކުރިއެރުވުން ގެނެސް ދިނުމަށް ވަކާލާތު ކުރާނެ މީހަކު ރަށުގައި ނެތުން ކިރިޔާ ވައިގާ ހިފާއިރަށް ފައިސާއަށް ހެއްލެނީ ކީއްކުރާނީ ކުޅުދުއްފުށިއަށް ކުރި މަގު ފަހިވުމަކީ އުންމީދު ......
 7. ކިޔުންތެރިޔާ767 1 year ago
  ކައިރީގައި ބިންބޮޑު އެޔާޕޯޓެއް ތަރައްގީކުރެވެން އޮއްވާ ކުޑަރަށެއްގައި އާދައިގެ އެޔާޕޯޓެއް ހަދައިދޭނަމޭ ބުނާނީ މޮޔައެއް. ކައިރިކައިރި ވަކިން އޮތް ދެ ބިމެއްގައި އެޔާޕޯޓެއް ހަދައިގެން ބޭކާރު އިތުރު ހަރަދެއް ދާނީ. އެއަށްވުރެ ރަގަޅުވާނެ ހަނިމާދޫ އެޔާޕޯޓު ރަންވޭ ބޮޑުކޮށްފަ ބޮޑެތި ބޯޓަށް ޖެއްސޭގޮތައް ހަދާފައި ކުޅުދުއްފުއްޓާ، ނޮޅިވަރަމާއި، ނިޅިވަރަމްފަރާއި، ހަނިމާދޫ ހަތަރު ބުރިޖުން ގުޅާލީމަ. މާލެ ބުރިޖަކުން ގުޅޭނަމަ ހަނިމާދޫ ވެސް ނުގުޅެންވީ ސަބަބެއް ނެތް. މިހަތަރު ރަށްގ ގުޅުނިމަ ސިޓީއެއް ހެދުނީ. ކުޅުދުއްފުށިގައި އެޔާޕޯޓު ހަދަނީ، ކުޅުދުއްފުށިން ހަނިމާދޫއަށް ފެރީ ނުވަތަ ލޯންޗު އަގުބޮޑުވީމަޔޯ. ކުޅުދުއްފުށިން މާލެ ދާން ކަނޑުގައި ވިޔަސް މަތިން ވިޔަސް ވަކި އަގުހެޔޮތަ؟ އެހެން ރަށްރަށުން ހަނިމާދޫއަށް ލޯންޗުގަ ވަކި އަގު ހެޔޮތަ؟ ކުޅުދުއްފުށިން ހަނިމާދޫއަށް ދާން އަގުބޮޑު ނަމަ ސަރުކާރުން އެކުޑަކޮށް ފެރީ/ލޯންޗު ހިދުމަތް ނުދެވޭތޯ މާލެއިންހުޅުލެ އަށް ދާންހެން؟ މީހަކު އަޅެ އަންތަރީސް ނުވާނެތަ؟ ބޮޑުއަގުގައި އެޔާޕޯޓު ހެދޭ، އެކަމަކު ރަންވޭބޮޑު ނުކުރެވޭ، އަގެއްވެސް ތިރިވާނެ ގޮތެއް ސަރުކާރަކަށް ނުހެދޭ. ދެން ކީއްކުރާ ބައެއް މި؟
  1. ކުޅުދުއްފުށި 1 year ago
   ހުަދައިބިއްޔާގެ އެއްބަސްވުމުގަ ސޮއިކުރީމަ ވެސް އޭގެ ފަހަތުގަ ފޮރުވިފަ އޮތް ސިއްރުތަކާ ހިކުމަތުޢަމަލީ ނޭނގޭ މީހުންބުނީ އެއީ މޮޔަކަމެކޭ.. ކުޅުދޫފުށީގަ އެއަރޕޯޓެއް އަޅާވާހަކައަކީ ހަމަ ހުރެލަފަ ރައީސް ޔަމީން ވިދާޅުވި ވާހަކައެއް ނޫން.. އެއީ ޕްލޭނެއް އޮވެގެން ވިދާޅުވިއެއްޗެއް.. އެކަން ފެންނާނެ ދުނިޔޭގަ ތިބިބަޔަކަށް އިރާދަފުޅުން ލަސްތަކެއް ނުވެ، އަދި އެއެއަރ ޕޯޓް ވާނީ ހދގެ މައި ޓޮމެސްޓިކް އެއަރޕޯށް.. ހަނިމާދޫ އެއަރ ޕޯތްވެސް ބޭކާރެއް ނުވާނެ އޭގެ ބޭނުންވެސް ހަމަ ހިފާނެ ވަރަށް މުހިންމުކަމަކަށް..
 8. ސަމީމާޔަހުޔާ 1 year ago
  ހަނިމާދޫ އެއަރޕޯޓްގަ ޓޮރޮލި ދަމަން އުޅުނުގޮލަޔެއް މިހާރު މެންބަރަކައް އެހުރީ މަހުޖަނަކައްވެފަ އޭނަ ހަނިމާދޫ އެއަރޕޯޓުގެ ވަހަކަދާއްކާނެ ،މިވަރައް ފުރިހަމަ ލިއުމެއް މަރުހަބާ ކިޔަން ވަހިދު ވަރެްނެތް
 9. Hajja 1 year ago
  Bunantha ragalhu vaahakaeh aharemen ves nubehen hanimaadhuakaa aharemen mikiyanee kobaiheyvee vaudhu hadhaan nahthaa nulaashey kulhudhuffushi meehun noolhemey kandumagun dhathuru nukurevigenneh ekamaku verikamah annan vee vaudhu fuhdhan vaaney kobaihey H dh ga hadhaa risoat thah ekamun faidhaavaanee kulhudhuffushi meehunnah ekanitha mijaaruves hospital ah genna balimeehunnah hanimaadhoo magun jaaga hoadhan haadha vagutheh nagaey hanimaa dhuah dhaan ves 2000 rufiyaa khardhu veyey mikanthah thah hallu kohdheyshey