ނެޝަނަލް ނެޓްބޯލް ޓޯނަމަންޓް 2016 ގައި ކޭވައިއާރްސީ މިއަދު ކުޅުނު މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފި

އަހްމަދު ދާވޫދު - 1 year ago - 1 ޑިސެމްބަރ 2016



 

މިހާރު ކުރިއަށްދާ ނެޝަނަލް ނެޓްބޯލް ޓޯނަމަންޓް 2016 ގައި މިއަދު ކުޅުދުއްފުށީގެ ކޭވައިއާރްސީ ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.

މިއަދު ކުޅުނު މެޗު ކޭވައިއާރްސީއިން ކާމިޔާބުކުރީ އައިޑިއާސްއާ ބައްދަލުކޮށް 71-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭވައިއާރްސީގެ ގޯލް ޑިފެންސް ސާމާ އަބްދުލް ސައްތާރު އެވެ.

26 ނޮވެންބަރު އިން 6 ޑިސެންބަރު 2016 އަށް ޔޫތު ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި ކޭވަރިއާރްސީން ބައްދަލު ކުރީ ލޮރެންޒޯ ސްޕޯޓްސް ކްލަބާއެވެ. މި މެޗު ކޭވައިއާރްސީ އިން 52-31 އިން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޭވައިއާރްސީގެ ގޯލް އެޓޭކް ރާޝިދާ މޫސާ އެވެ.

10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގައި ކޭވައިއާރްސީން ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޒެނިތު ސްޕޯޓްސް ކްލަބާ އެވެ. މި މެޗު ޒެނިތުއިން ކާމިޔާބުކުރީ 80-48 އިންނެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކޭވައިއާރްސީ ނުކުންނާނީ ކްލަބް އޯލް ސްޓާއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ 3 ޑިސެންބަރު 2016 ވަނަ ދުވަހުގެ 16:15 ގަ އެވެ.


ގުޅުން ހުރި ލިޔުންތައް