ހިރަފުސް ޔޫތު ޗެމްޕިއަންޝިޕް 2016 ގެ ގުރުއަތުލުން ބާއްވައިފި

އަހްމަދު ދާވޫދު - 1 އަހަރު ކުރިން - 1 ޑިސެމްބަރ 2016


ހިރަފުސް އިން ބާއްވަމުން އަންނަ ހިރަފުސް ކަޕްގެ މެޗެއްގެ ތެރެއިން - ފޮޓޯ: ސްނެޕްސް

ހިރަފުސް ޔޫތު ޗެމްޕިއަންޝިޕް 2016 ގެ ގުރުއަތުލުން ބާއްވައިފި އެވެ.

3 ޑިސެންބަރު އިން 16 ޑިސެންބަރު 2016 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެއީ ކުޅުދުއްފުށީގެ 5 ޓީމުގެ އިތުރުން ނޮޅިވަރަމްގެ ދެ ޓީމެކެވެ.

ޖުމްލަ 12 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރޫޕް 1 ގައި ހިމެނެނީ ޕްލަކް ޓީސީ (ނޮޅިވަރަމް)، ޓީމް ކޮރަލްސް، ޑާކް ސިޓީ އެފް.ޓީ (ނޮޅިވަރަމް) ގެ އިތުރުން މިނީ ޒިގްޒެގް އެވެ.

މި މުބާރާތުގެ ގުރޫޕް 2 ގައި ހިމެނެނީ ޓީމް ޒިގްޒެގް، ކޮރަލްސް ޔުނައިޓެޑް ގެ އިތުރުން ހިރަފުސް އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޕްލަކް ޓީސީ އާއި ޓީމް ކޮރަލްސް އެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ 1600 ގައި ހިރަފުސް ދަނޑުގަ އެވެ.


ގުޅުން ހުރި ލިޔުންތައް