ޤައުމީ ނެޓްބޯޅަ މުބާރާތުގައި މިއަދު ކޭވައިއާރްސީ ކުޅުނު މެޗުން ތަފާތު ބޮޑުކޮށް މޮޅުވެ ސެމީއަށް ދަތުރުކޮށްފި

އަހްމަދު ދާވޫދު - 2 އަހަރު ކުރިން - 3 ޑިސެމްބަރ 2016ޤައުމީ ނެޓްބޯޅަ މުބާރާތުގައި މިއަދު ކޭވައިއާރްސީ ކުޅުނު މެޗުން ތަފާތު ބޮޑުކޮށް މޮޅުވެ ސެމީއަށް ދަތުރުކޮށްފި އެވެ.

މިއަދު ކޭވައިއާރްސީ ކުޅުނު މެޗުގައި ކްލަބް އޯލް ސްޓާގެ މައްޗަށް ކޭވައިއާރްސީ ކުރި ހޯދީ 91-17 އިންނެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭވައިއާރްސީގެ ރާޝިދާ މޫސާ އެވެ. މިއީ ރާޝިދާ މި މުބާރާތުގައި މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ދެވަނަ މެޗެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ކޭވައިއާރްސީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ކޭވައިއާރްސީ ކުޅޭ މެޗު އޮންނާނީ 4 ޑިސެންބަރު 2016 ދުވަހުގެ ރޭ 2000 ގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގަ އެވެ.


ގުޅުން ހުރި ލިޔުންތައް