twitterviber whatsapp telegramfacebookyoutube instagram
25th April 2024

2016 އަހަރުވެސް ނިމިގެންދިޔައީ ހދ ގައި ރިސޯޓެއް ނުހުޅުވި

Jan 2, 2017

2016 ވަނަ އަހަރުވެސް ނިމިގެން ދިޔައީ ހދ އަތޮޅުގައި ރިސޯޓެއް ނުހުޅުވި އެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށި 44 އަހަރުވެގެން ދިޔައީ އެވެ. އަދިވެސް ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުގެ ރައްޔިތުން އުޅެމުންދަނީ ފަތުރުވެރިކަމުގެ ފޮނިމީރުކަން ނުލިބި އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ހދ އަތޮޅުގައި ރިސޯޓެއް ހުޅުވުމުގެ އަޑު ގަދަވި އެވެ. ކުރިން ދޫކުރެވިފައި ހުރި ރަށްތައް އަވަހަށް ނިންމުމަށް ހަވާލުކުރެވިފައިވާ ފަރާތްތަކާއެކު ބައްދަލުކޮށް އަވަސްކޮށްދިނުމަށް އެދުނެވެ. ބައެއް ރަށްތައް ހެދުމަށް ރިސޯޓް ހެެދުމަށް ދޫކޮށްފައި ހުންނަތާ 10 އަހަރަށްވެފައިވާ ރަށްތައްވެސް އެބަހުއްޓެވެ.

ރައީސް ޔާމީންގެ ސަރުކާރަށް އެއް އަހަރުވުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ސަރަހައްދުގައި އަލަށް ރިސޯޓް ހެދުމަށް އިއުލާން ކުރި 5 ރަށް ހުޅުވިގެންދާއިރު އާ 8000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އެ ވިދާޅުވި ރަށްތައް އިއުލާންކުރުން ފިޔަވާ ސަރުކާރު ކުރި އިތުރުކަމެއް ނޭނގެ އެވެ.

ބޮޑު ތިލަދުންމައްޗަށް އެންމެ ފަހުން ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައިވެސް އެންމެ އަޑު ހަރުކޮށް ދައްކަވާފައިވަނީ ހދ ގެ ފަތުރުވެރިކަމުގެ ވާހަކަ އެވެ. ސަރުކާރުން ހދ އަތޮޅަށް ފަތުރުވެރިކަން ގެންނަ މަސައްކަތް ކުރާ ވާހަކަ އެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ނުވެ އޮތީ ދަތުރުފަތުރުގެ ދަތިކަން ހުރެގެން ކަމަށް ވިދާޅުވެ، ކުޅުދުއްފުއްޓާއި ށ ފުނަދޫގައި އަޅައި އެއާޕޯޓާއެކު ކުޅުދުއްފުށީ ސަރަހައްދުގައި ފަތުރުވެރިކަން ފައްކާ ވާނެކަމުގެ ފޮނި ވައުދުތައް ރައީސް ޔާމީނާއި ޓޫރިޒަމް މިނިސްޓަރުވަނީ ދެއްވާފަ އެވެ.

މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި ވެސް ހދ އަތޮޅުގައ ރިސޯޓް ހެދުމަށް ވިއްކުމަށް 4 ރަށެއް އިއުލާންކުރި އެވެ. އެކަމަކު މިއަހަރުވެސް މިދޔައީ ހދ އަތޮޅުގައ ރިސޯޓެއް ނުހުޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355