twitterviber whatsapp telegramfacebookyoutube instagram
21st January 2020

“ބަމްބީ” ކާޓޫން ކުރެހި ތައިރަސް ވޮންގް މަރުވެއްޖެ

Jan 2, 2017

ޑިސްނީ ފިލްމް “ބަމްބީ” ކާޓޫންގެ ކުރެހުންތެރިޔާ ތައިރަސް ވޮންގް 106 އަހަރުގައި މަރުވެއްޖެ އެވެ.

ތައިރަސް ވޮންގް އަކީ ޗައިނާ އަށް އުފަން މީހެކެވެ. އެކަމަކު ކުޑައިރު އޭނާގެ ބައްޕައެކީ ވަނީ އެމެރިކާ އަށް ހިޖްރަކޮށް އެތާ އާއިލާއާ ވަކިން ދިރިއުޅެން ފަށާފައި އެވެ. މަރުވި އިރު އޭނާ ހުރީ އާއިލާ މީހުންގެ ގާތުކަމަށް ވެ އެެވެ.

ކުރެހުމުގެ ދާއިރާއިން ކިޔެވުމަށް ފަހު 1938 ވަނަ އަހަރު އޭނާ ވަނީ ޑިސްނީގައި މަސައްކަތް ކުރަށް ފަށާފައި އެވެ. އޭނާ ކުރެހި 100 އަށް އަށްވުރެ ގިނަ ކުރެހުންތައް ބޭނުންކޮށްގެން ވަނީ އޭރުގެ އެންމެ މަޝްހޫރު ކާޓޫން ފިލްމެއް ކަމަށްވާ “ބަމްބީ” ހަދާފަ އެވެ.

ބަމްބީ ކާޓޫންގެ ކުރެހުމެއް

3 އަހަރު ދުވަހު ޑިސްނީގައި މަސައްކަތް ކުރުމަށްފަހު ވަނީ ވާރްނާ ބުރަދާސްގައި ކޮންސެޕްޓް އާޓިސްޓެއް އަދި ގުރީޓިން ކާޑް ހެދުމުގައި މަސައްކަތް ކޮށްފައި އެވެ.

އަދި ރިޓައާ ވުމަށްފަހު ވަނީ ބެންބޫއިން 100 އަށް ވުރެ ގިނަ މަޑި ފަދަ ތަކެތި ވިއްކުމަށް ތައްޔާރު ކޮށްފައި އެވެ. އެކަމަށް އޭނާއަށް ވަނީ ގިނަ އެވޯޑް ތަކެއްވެސް ހާސިލް ކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355