twitterviber whatsapp telegramfacebookyoutube instagram
30th August 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮޓްއެއަރ ބެލޫން ފެސްޓިވަލްއެއް!

Jan 27, 2017

އެޒްޓެކް ސްޕޯޓިންގްގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮޓްއެއަރ ބެލޫން ފެސްޓިވަލްއެއް ބާއްވަން ނިންމައިފި އެވެ.

އެޒްޓެކް ސްޕޯޓިންގް އިން ކުޅުދުއްފުށި އޮންލައިންނަށް މައުލޫމާތު ދިންގޮތުގައި ރާއްޖެއަށް މުޅިންއާ ތަފާތު ކުޅިވަރުތަކެއް ތައާރަފް ކުރުމަށް އެކުންފުނި ވަނީ ނިންމާފައެވެ. މިގޮތުން ތިން އިވެންޓެއް މިއަހަރު ބޭއްވުމަށް ރާވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ހޮޓްއެއަރ ބެލޫން ފެސްޓިވަލް އެއްވެސް ހިމެނޭ ކަމަށެވެ.

ހޮޓް އެއަރ ބޭލުންގެ އިތުރުން ބަންޖީ ޖަންޕިންގް އާއި ސްޕާޓަން ރޭހެއް މިއަހަރު އޮންނާނެ އެވެ.

އަޒްޓެކް އިން މައުލޫމާތު ދިން ގޮތުގައި ފުރަތަމަ އިވެންޓްއަކަށް އޮތީ ހޮޓް އެއާ ބެލޫން ފެސްޓިވަލްއެވެ. އެ ފެސްޓިވަލް އޮންނާނީ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހާއި އަށްވަނަ ދުވަހުއެވެ.

މިއަހަރުގެ ޖޫން ނުވަތަ ޖުލައިމަހު ބަންޖީ ޖަންޕިންގ ބޭއްވުމަށް ރާވާއިރު މި އިވެންޓްގައި ބަންޖީ ޖަންޕިންގްގެ ފައުންޑަރު އޭ ޖޭ ހެކެޓް ބައިވެރިވާނެ އެވެ. މިއަހަރު ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޕާޓަން ރޭސް އެވެ. ސްޕާޓަން ރޭސްގެ އެކްސްކްލޫސިވް ބްރޭންޑް ބޭނުންކުރުމުގެ ހުއްދަ ރާއްޖޭގައި ދީފައިވަނީ އެޒްޓެކް ސްޕޯޓިންގް އަށް ކަމަަށް އެފަރާތުން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކުރިއަށް ގެންދާ އެ ހަރަކާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355