ކުޅުދުއްފުށީ ސަޕޯޓަރުން ގިނަޔަސް ދަނޑުން ފައިބާނީ މޮޅުވެގެން: ކުރިނބީ ޓީމު

އަބްދުލް ވާހިދު ޙަސަން - 9 months ago - 23 މާރޗް 2017



ކުޅުދުއްފުށީ ޓީމުގެ ސަޕޯޓަރުން ދަނޑުގައި ގިނަވެފައި ކުރިނބީގެ ސަޕޯޓަރުން ކިތަންމެއް މަދުވިޔަސް މިއަދު ދަނޑުން ފައިބާނީ މެޗުން މޮޅުވެގެންކަމަށް ކުރިނބީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު ފަޔާޒު ބުނެފި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ފުޓްބޯޅަ މުބާރާތް މިއަދު ފަށާއިރު ކުރިނބީ އާއި ދެކޮޅަށް ނިކުންނާނީ ކުޅުދުއްފުއްޓެވެ.

މިއަދު މެޗަށް ކުރިނބީ ޓީމުން ނިކުންނައިރު އަނިޔާގެ މައްސަލަތައް އެބަހުރި ކަމަށާއި ޓީމުން މުޅިން ފިޓް ނޫންކަމަށް ފަޔާޒު ބުންޏެވެ. ފަޔާޒު ބުނީ މުބާރާތް މިއަދު ފެށޭއިރު އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މުބާރާތް ލަސްވުމުގެ ސަބަބުން އެންމެ އުއްމީދީ ފޯވަރޑަށް ނުކުޅެވޭތީ ކަމަށެވެ. އޭނާއަށް ނުކުޅެވެނީ ޗުއްޓީ ނުލިބުމުން ނުލިބުމުންނެވެ.

ފަޔާޒު ބުނީ ޓީމުގައި އެކުލަވާފައިވަނީ ސަތޭކަ ޕަސެންޓް ކުރިނބީ ކުޅުންތެރިންނާއެކު ކަމަށާއި ރަށުން ބޭރު އެއްވެސް ކުޅުންތެރިޔަކު ނުހިމެނޭނެ ކަމަށް ފަޔާޒު ބުންޏެވެ.

ކުޅުދުއްފުއްޓާ ދެކޮޅަށް މިއަދު ނިކުންނައިރު އުންމީދުކުރަނީ ސެމީއަށް ދިއުމަށް ކަމަށާއި ނިކުންނަނީ މޮޅުވުމަށް ކަމަށެވެ.

“ކުޅުދުއްފުށީ ސަޕޯޓަރުން ކިތަންމެއް ގިނަޔަސް، ކުރިނބީ ސަޕޯޓަރުން ދަނޑު ތެރޭގައި ކިތަންމެއް މަދުނަމަވެސް މެޗުން ފައިބާނީ އިރާދަކުރެއްވިޔާ މޮޅުވެގެން” ކުރިނބީ ޓީމުގެ މެނޭޖަރު ބުންޏެވެ.


ގުޅުން ހުރި ލިޔުންތައް