twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީ ސަޕޯޓަރުން މިފަހަރު އަމިއްލަވަންތަކަމާއެކު “އަށް ޑަބިޔާ” ދައްކާލައިފި

Mar 26, 2017
1

“އޭ ތީ އަށް ޑަބިއަލެއް ދޯ،” ކުޅުދުއްފުށީ މީހަކު މާލެއިން ފެނިއްޖެނަމަ އެހެން ރަށްރަށުގެ މީހުން މިއީ އާންމުކޮށް އެމީހަކަށް ކުރާ ސުވާލެކެވެ. މަލާމަތްކޮށްލުމުގެ ގޮތުންނެވެ. ރަކި ކޮށްލުމުގެ ގޮތުންނެވެ.

އަށް ޑަބިއަލެއްގެ ވާހަކައަކީ ކުޅުދުއްފުށީ ރައްޔިތުންނާ ވަރަށް ގުޅިފައިވާ ވާހަކައެކެވެ. އެކަމަކީ މީގެ އެތައް އަހަރެއް ކުރިން ހިނގާދިޔަ ހާދިސާއެއްގެ ސަބަބުން ކުޅުދުއްފުށީ މީހުންނަށް އަމާޒުކޮށް ކިޔާ އުޅޭ ވަށް ބަހެކެވެ. މާލޭ މަޖީދީމަގު ހެދިއިރު ރަށްރަށުން އަކިރި ފޮނުވުމަށް އެންގުމުން މިއޮތް ބޮޑު ކުޅުދުއްފުށިން ފޮނުވާފައިވަނީ އެންމެ އަށް ޑަބިޔާ އަކިރި ކަމަށްވެ އެވެ.

އެ ވާހަކައެއް ފެށިގެން ދައްކަނީ އޭގެ ފަހުންނެވެ. އެކަން ހަގީގަތުގައިވެސް ހިނގާފައިވަނީ އެގޮތަށެވެ.

ކޮންމެއަކަސް ކުރިން އަށް ޑަބިޔާ ބުނެ ދިމާކޮށްލުމުން ރަކިވެ އެވެ. ދެރަވެ އެވެ. މަލާމާތަކަށްއެވެ އެވެ. ނަމަވެސް މިއޮތީ ޒަމާން ބަދަލުވެފަ އެވެ. މިހާރު އަށް ޑަބިޔާއަކީ ކުޅުދުއްފުށީގެ ޝަރަފެކެވެ. ލަގަބެކެވެ.

އަށް ޑަބިޔާއަކީ ކުޅުދުއްފުށީގެ ލަގަބެއް ކަމާއި އެއީ ލަދު ގަންނަ ކަމެއް ނޫންކަން ރަށުގެ ޒުވާނުން މިހާރު އެއޮތް ދަނީ ވަރަށް ރީއްޗަށް ދައްކަމުންނެވެ. އަށް ޑަބިޔާ އުފުލައި، ބެރު ޖަހައި ނަށާ ހަދަނީ އެއްވެސް ލަދުވެތިކަމެއް ނެތި ފަހުރެއް ކަމަށް ދެކިގެންނެވެ.

މުޅި ރާއްޖެއަށް ވެސް މަޝްހޫރުވެގެން ގޮސްފައިވާ ކުޅުދުއްފުށީ ފުޓްބޯޅަ ޓީމުގެ ސަޕޯޓަރުންގެ ތަފާތަކީ ހަމައެކަނި ޔޫރަޕުން އެތެރެކުރި އަތްތިލަ ބަޑިއެއް ނޫނެވެ. ނަމަވެސް އެމީހުންގެ އަމިއްލަ “ހަތިޔާރަކީ” އަށް ޑަބިޔަލެވެ.

ކުޅުދުއްފުށީ ސަޕޯޓަރުންގެ ބެރަކީ ވެސް ދުއްމާރިއަކީ ވެސް ޑަބިޔަލެވެ. އަށެއް ޖަހާފައިވާ ޑަބިޔަލެވެ.

މިއީ މިދިޔަ އަހަރު ކުޅުދުއްފުށީ ސަޕޯޓަރުންނަށް އަމާޒުވި ފާޑުކިޔުންތަކަށް ވެސް ދީފައިވާ ރައްދެކެވެ. އަމިއްލަ ވަންތަކެއް ނެތުމެވެ. މިއަށްވުރެ އަމިއްލަ ވަންތައެއް ދެން ނުވެވޭނެ އެވެ. ރަށަށް މަލާމަތަކަށް ރައްދުކުރަމުން ދިޔަ “ލަގަބު” މިހާރު އެވަނީ ޝަރަފަކަށް ހަދައި އެއީ ރަށުގެ އަމިއްލަ އެއްޗަކަށް ހަދާފަ އެވެ.

ކުޅުދުއްފުއްޓަކީ އަބަދުވެސް އަމިއްލަ ގޮތްތަކާއި އަމިއްލަ ކުޅިވަރުތަކާއި އަމިއްލަ ކެއުންތަކަށް ވަރަށް މަޝްހޫރު ރަށެކެވެ. އެކަންކަން ކުރިއަރުވައި މާޒީގެ ތެރެއަށް ވަދެގެން ނުދީ ހިފެހެއްޓުމަށް ކުޅުދުއްފުށީ ޒުވާނުން މިހާރަށްވުރެ ބޮޑަށް ވެސް މަސައްކަތްކުރަން ޖެހެ އެވެ. މިފަހަރު ކުޅުދުއްފުށީ ސަޕޯޓަރުންގެ ފަރާތުން ފެންނަމުންދާ މަންޒަރަކީ ހަމަ ޔަގީނުން ވެސް ނަމޫނާއެކެވެ. ރަށު ޓީމާ ބައްދަލުކުރަން އަންނަ އެހެން ރަށްރަށު ޓީމުތައް ޖެހިލުންވާފަދަ ކަމެކެވެ. ތިގޮތުގައި ކުރިއަށްދާށެވެ. އަމިއްލަ ގޮތްތަކާއި އަމިއްލަ ވަންތަކަމާއެކު ކުރިއަށް ގޮސްގެން ނޫނީ ބަޔަކަށް މިހާތަނަށް ކާމިޔާބެއް ހޯދިފައެއްވެސް ނެތެވެ.

ރިޕޯޓާ ގުޅޭ އިތުރު ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355