twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިއަދުގެ މެޗު ފޯރިގަދަވާނެ، ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެ

Mar 29, 2017

މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ކުމުންދޫ އާއި ކުޅުދުއްފުށީ ބައްދަލުކުރާ މެޗު ވެގެންދާނީ ރާއްޖެތެރޭގައި ފަހުގެ ތާރީހުގައި އެންމެ ގިނަ ސަޕޯޓަރުން ވަންނާނެ މެޗަށް ކަމަށް ބެލެވިއްޖެ އެވެ.

ފުޓްބޯޅައިގެ ފޯރިގަދަވެ މިދިޔަ އަހަރުން ފެށިގެން ކުޅުދުއްފުށީގެ ސަޕޯޓަރުންތަކެއް އުފެދި، ފޯރިއާ ޖޯޝުގައި ދަނީ ޓީމަށް ސަޕޯޓްކުރަމުންނެވެ. މިއަހަރުވެސް ކުޅުދުއްފުށީގެ ޓީމުގެ ސަޕޯޓަރުން ދަނީ ވަރަށް ފޯރީގައި ސަޕޯޓްކުރަމުންނެވެ.

މިދިޔަ އަހަރާ ތަފާތުކޮށް މިއަހަރު ކުޅުދުއްފުށީ ސަޕޯޓަރުން ދަނީ އަމިއްލަ އުފެއްދުމެއް ނެރެ ” އަށް ޑަބިޔާ ” ގައި ސަޕޯޓްކުރަމުންނެވެ. މިއަދު ކުމުންދޫއާ ދެކޮޅަށް ނިކުންނަ މެޗުގައި ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބެލުމަށް ނުކުންނާނެކަމަށް ބެލެވެ އެވެ. ކޮންމެ ފަދަ ނަތީޖާއެއް ނުކުތް ކަމުގައި ވީނަމަވެސް ކުޅުދުއްފުށީގެ ސަޕޯޓަރުން ތިބީ ޓީމުގެ ފަހަތުގައި ހިއްވަރާއި ޖޯޝުގައި ބެރު ދުންމާރީގައި ސަޕޯޓް ދިނުމަށް ތައްޔާރަށެވެ.

ކުމުންދޫ ޓީމުގެ ސަޕޯޓަރުން–

މިއަހަރު އަލަށް މުބާރާތުގައި ބައިވެރިވި ކުމުންދޫ ޓީމުވެސް ފެނިގެންދަނީ ވަރަށް ވަރުގަދަކޮށެވެ. އަދި ސަޕޯޓަރުންވެސް ގިނަ ޓީމެއްގެ ގޮތުގައި އެވެ. އެޓީމުގެ ކޯޗު ސްމާޓޭ ބުނީ މިއަދުގެ މެޗަށް ކުމުންދޫގެ ސަޕޯޓަރުންވެސް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން ކުރިން ދުވަހު ފެށިގެން ދިޔަ ގޮތަށް ބެރާއެކު މިއަދުވެސް ސަޕޯޓަރުން ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ކުމުންދޫ ޓީމު މިއަދު ކުޅުދުއްފުއްޓާ ދެކޮޅަށް ނިކުންނަ މިމެޗަށް ސަޕޯޓުކުރުމަށް ވީހާވެސް ގިނަ ރައްޔިތުން ކުޅުދުއްފުއްޓަށް އައުމަށް ވަނީ އަޑުގަދަކުރާއިން ގޮވާފަ އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުން ރަތްކުލަ ބޭނުން ކުރާއިރު ކުމުންދޫ ސަޕޯޓަރުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކަޅުކުލަ އެެވެ.

މިއަދު މެޗަކީ ދެ ޓީމުގެ ސަޕޯޓަރުންގެ ފޯރި ވަރަށް ގަދައަށް ފެންނިގެންދާނެ ދުވަހެއްކަމަށް ބެލެވެ އެވެ. އަދި ވާދަވެރި ކުޅުމެއް ފެނިގެންދާނެ ދުވަހަކަށްވެސް ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355