twitterviber whatsapp telegramfacebookyoutube instagram
2nd June 2026

އުދޭ އާއި ނަރުގިސް ކައިވެނި ކުރަނީތަ؟

May 3, 2017

އުދޭ ޗޮޕްރާ އާއި ނާރުގިސް ފަކްރީ ކައިވެނި ކުރަން އުޅެނީ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނަމުން އެބަދެއެވެ.

އިންޑިއާގެ ނޫސް ތަކުން މައުލޫމާތު ލިބޭ ގޮތުގައި މީގެ އަހަރެެއް ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ރުޅިވި ނަމަވެސް މިހާރު އެކި ތަންތަނުން ދެމީހުން އެކީ ފެންނަ ކަމަށެވެ. އެގޮތުން މުމްބާއި އެއާޕޯޓް ކައިރިންނާއި ނިއުޔޯކް އިން މިދެމީހުން އެކީ ވަނީ ފެނިފައި އެވެ.

ނަމަވެސް މިވާހަކަތަކަށް ނަރުގިސް ވަނީ ރައްދު ދީފައި އެވެ.

ނަރުގިސް މިއަދުކުރި ޓްވީޓެއްގައި ލިޔެފައިވަނީ  “ވާއު ތި މީހުން ވަރަށް ލޯބިވޭދޯ ވާހަކަ ފަތުރަން. މިހާރު ކާކު ފެތުރި ވާހަކަ އެއްމި. މަށަށް ހީވަނީ ތި މީހުން މަ މީހަކާ ކައިވެނި ނުކޮށްގެން މަރުވަނީހެން” ކަމަށެވެ.

Wow u guys really love making stuff up. 😂👏🏼 now who started this rumor 😂🤔. I think u r dying for me to marry someone😂😩🤦🏻‍♀️👏🏼😂 https://t.co/9eQ7Ks7ZIu

— Nargis (@NargisFakhri) May 3, 2017

މިދިޔަ އަހަރުވެސް މި ދެމީހުން ކައިވެނި ކުރަން އުޅެކަމަށް ބުނެ އަޑު ފަތުރާފައިވެ އެވެ. އެހެން ނަމަވެސް އެވާހަކަތައް އުދޭ ވަނީ ދޮގު ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355