twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުތީމު ޣާޒީބަންޑާރައިން ސްކޫލުގެ އިންޓަރ ހައުސް ނެޓްބޯޅަ އަދި ފުޓްބޯޅަ މުބާރާތް ފަށައިފި

May 5, 2017

ލިޔުނީ: އިބްރާހީމް ޙަބީބު / ބައިރަޙާ ، ހއ. އުތީމު

ހއ. އުތީމުގައި ހުންނަ ޣާޒީބަންޑާރައިން ސްކޫލުގެ އިންޓަރ ހައުސް ނެޓްބޯޅައާއި ފުޓުބޯޅަ މުބާރާތް ފެށިގެން ކުރިޔަށް އެބަދެއެވެ.

މި މުބާރާތުގައި ވާދަކުރަނީ އެސްކޫލުގެ 3 ހައުސް ކަމުގައިވާ، މުހައްމަދު ތަކުރުފާނު، އަލީ ތަކުރުފާނު އަދި ހަސަން ތަކުރުފާނު ހައުސްއެވެ. ފިރިހެން ދަރިވަރުންގެ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހު 1ވަނަ ދުވަހު ހަވީރު މުހައްމަދު ތަކުރުފާނު ހައުސްއާއި ހަސަންތަކުރުފާނު ހައުސް ބައްދަލުކުރި މެޗު 3 – 1 ން މުހައްމަދު ތަކުރުފާނު ހައުސް ކާމިޔާބުކުރި އިރު، މޭ 2 ވަނަ ދުވަހު ހަވީރު ފެށުނު އަންހެން ކުދިންގެ ނެޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މުހައްމަދު ތަކުރުފާނު އައުސްއާއި ހަސަންތަކުރުފާނު ހައުސްއެވެ.

މި މެޗް 32 – 10 ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ މުޙައްމަދު ތަކުރުފާނު ހައުސްއެވެ.

މި މުބާރާތުގައި މިއަދު ހަވީރު އޮންނާނީ ފުޓުބޯޅަ މުބާރާތުގެ 2 ވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ މުޙައްމަދު ތަކުރުފާނު ހައުސްއާއި ޢަލިތަކުރުފާނު ހައުސްއެވެ. ޕޮއިންޓް ސިސްޓަމަށް ކުޅޭ މި މުބާރާތުގައި މިއަދު ކުޅޭ މެޗުން މުޙައްމަދު ތަކުރުފާނު ހައުސް ބަލިނުވެއްޖެނަމަ އެޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދާނެއެވެ.

މި މުބާރާތުގެ އެންމެހައި ކަންކަން ހަމަޖެއްސުމުގައި ސްކޫލް ކޮމިއުނިޓީގެ އެކިއެކި ފަރާތްތަކުން ވެއްދެއްވާ އެހީތެރިކަން ފާހަގަކޮށް ސްކޫލުގެ މެނޭޖްމެންޓާއި ދަރިވަރުން އަދި ބެލެނިވެރިންގެ ނަމުގައި އެފަރާތްތަކަށް އެ ސްކޫލް ފަރާތުން ޝުކުރު ދަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355