twitterviber whatsapp telegramfacebookyoutube instagram
30th August 2026

ފޯރިގަދަ ބައިބަލާ މުބާރާތް މިއަހަރު ނުބާއްވާގޮތަށް ނިންމައިފި

Jun 17, 2017

ފިތުރު އީދާ ދިމާކޮށް ކުޅުދުއްފުށީގައި ބާއްވަމުން އަންނަ ފޯރިގަދަ ބައިބަލާ މުބާރާތް މިއަހަރު ނުބާއްވާގޮތަށް ނިންމައިފި އެވެ.

މިކަމުގައި އިސްކޮށް އުޅޭ ޒުވާނެއްކަމަށްވާ އަކުރަމް މުހައްމަދު ބުނީ މިއަހަރުގެ ބައިބަލާ މުބާރާތް މިއަހަރު ނުބާއްވާގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރު މުބާރާތް އޮންނާނެކަމަށް އަކުރަމް ބުންޏެވެ.

މިއަހަރުގެ މުބާރާތް ނުބާއްވާގޮތަށް ނިންމާފައިވާއިރު އެކަމުގެ އިތުރު ތަފްސީލެއް އަކުރަމް ނުބުނެ އެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ބާއްވަމުން އަންނަ މިމުބާރާތްތަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފޯރިގަދަ މުބާރާތްތައްވަނީވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355