twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ވަރުގަދަ ބާސްކެޓް ބޯޅަ މުބާރާތެއް ކުޅުދުއްފުށީގައި ބާއްވަނީ

Jun 22, 2017

އަހަރުތަކަކަށް ފަހު ކުޅުދުއްފުށީގައި ވަރުގަދަ ބާސްކެޓް ބޯޅަ މުބާރާތެއް ބާއްވަން ހަމަޖައްސައި، މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ބާސްކެޓް ބޯލް އެސޯސޭޝަން އާއި ޑަބުލިއު ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ޑަބުލިއު ސްޕޯޓްސް އެކަޑަމީއަކީ ކުޅުދުއްފުށީގެ ޔޫތް ޑިވެލޮޕްމަންޓަށް މަސައްކަތްކުރާ އެކަޑަމީ އެކެވެ.

” ތްރީ އޮން ތްރީ ބާސްކެޓް ޗެލެންޖްގެ” ނަމުގައި ކުރިއަށްގެންދާ މިމުބާރާތް އޮންނަނީ މިމަހު 27 ން 30 އަށް ސްޓޭޑިއަމް ބާސްކެޓް ކޯޓްގަ އެވެ.

މިމުބާރާތުގައި ތެރެއިން 2 އިވެންޓެއްވެސް ކުރިއަށްދާނެ އެވެ. އެއީ ކުއަންޓަމުން ސްޕޮންސަރކޮށްފައިވާ ކިންގް އޮފް ރިންގް 2017 އާއި ލަސްޓަންޒާއިން ސްޕޮންސަރ ކޮށްފައިވާ ތްރީ ޓޮޕް ޗެލެންޖެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ މަސްޢޫލުވެރިޔާ އައުޝަން ކޭއޯގައި ވާހަކަ ދައްކަމުން ބުނީ މިމުބާރާތުގެ މަގްސަދަކީ ބާސްކެޓް ބޯޅަ އިތުރަށް ފޯރިގަދަކުރުމާއި ބާސްކެޓަށް ގެއްލިފައިވާ ފޯރި އަލުން އަބުރާން ގެނައުން ކަމަށް އައުޝަން ބުންޏެވެ.

އައުޝަން ބުނީ މިއީ ފޯރިގަދަ ވަރުގަދަ މުބާރާތަކަށް ހެދުމަށްޓަކައި ފަސްޓްޑިވިޝަނުގެ ކުޅުންތެރިން، މިމުބާރާތުގައި ކުޅުމަށްޓަކާ ރަށަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. މުބާރާތުގެ ރެފްރީންނާއި އޮފިޝަލް ގެނައުމަށް ހަމަޖެހިފައިވަނީ މާލެއިން ކަމަށް އައުޝަން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355