twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެންޑްރޮއިންޑް ފޯންތައް ބޭނުން ކުރާ މީހުންނަށް ނޭނގޭ 3 ކަމެއް

Jun 29, 2017

ފޯނެއް ގެންގުޅޭތާ އެތައްދުވަހެއް ވާއިރުވެސް އޭގެ ބައެއް ފީޗާރސްތައް ގިނަ ބަޔަކަށް ނޭނގެއެވެ. ސެޓިންނަށް ވަދެ ދެތިން ފަހަރު ބަލާލިއަސް ނޭނގޭ ފީޗާރއެއް އެކްޓިވް ކުރަން ނުކެރެނީ ދެންވާނެ ގޮތެއް ނޭނގޭތީއެވެ. ހާއްސަކޮށް އެންޑްރޮއިންޑް ފޯންތަކުގައި ހުންނަ ބައެއް ފީޗާރސްތަކަކީ ވަރަށް ބޭނުންތެރި ފީޗާރސްތަކެކެވެ.

ޓެކްސްޓް ޓު ސްޕީޗް

ގިނަ ފަހަރު ފޯނުން ބަލައިގެން ބޮޑެތި އާރޓިކަލް ކިއުން އޮންނަނީ ބޮޑު ކަމަކަށްވެފަ އެވެ. އެފަދަ މީހުންނަށް މިއޮތީ ވަރަށް ފަސޭހަގޮތެކެވެ. ސެޓިންއިން އެކްސިސިބިލިޓީ ނަގާ ޓެކްސްޓް ޓު ސްޕީޗް އޮންކޮށްލާށެެވެ. އެއިރުން ހަމައެކަނި އާރޓިކަލްގެ އިތުރުން އަންނަ މެސެޖްތައް ވެސް މި ފީޗާރ ބޭނުން ކޮށްގެން އަޑުއަހާލެވޭނެ އެވެ.

ސްކްރީން މެގްނިފަޔާރ

މިއީ ލޮލުގެ މައްސަލަ ހުންނަ މީހުންނަށް ވަރަށް ބޭނުންތެރިވާނެ އެއްވެޗެކެވެެ. ސެޓިންއިން އެކްސިސިބިލިޓީ ނަގާ މެގްނިފިކޭޝަން ޖެސްޓާރސް އޮންކޮށްލާށެވެ. އެއިރުން ސްކީން ކޮންމެ ހިސާބެއްގައިވެސް ދެފަރަހަރު އިނގިލިން ޓެޕް ކޮށްލުމުން ޒޫމް ވާނެއެވެ.

ބެޓްރި ޕަވާރ ގިނައިރު ހިފަހައްޓާެގޮތެއް

ކޮންމެ ދުވަހަކު 2 ފަހަރު ނުވަތަ 3 ފަހަރު ޗާޖުކޮށްގެންވެސް ބައެއް މީހުންނަށް ހިތްހަމަޖައްސާ ނުލެވެއެވެ. މިއޮތީ ތިކަމަށް ހައްލެއް ލިބިދާނެގޮތެކެވެ. ދާއިމީ ނޫނަސް ކުޑަ ހައްލެއް ލިބޭނެ އެވެ. ފޯނުގެ ބްރައިންޓްނެސް އެންމެ މަޑުކޮށްލާށެވެ. އަދި ފޯނުގެ ވޯލްޕޭޕާއަށް ކަޅު ނުވަތަ ގަދަ ކުލައެއްގެ ވޯލްޕޭޕާއެއް ހިޔާރުކުރާށެވެ. ބެޓްރިބާރު ދާލެއް ލަސްވާނެއެވެ. އެއިރުން އޮޓޮމެޓިކް ޕިކްސެލް ހައިލައިޓިން އޮފްވާނެއެވެ. މި ފީޗާރ ހުރިހާ އެންޑްރޮއިޑް ފޯނުތަކުގައި ނުހިމެނުނު ކަމުގައިވިއަސް އެންމެ ފަހުގެ އެންޑްރޮއިޑް ފޯންތަކަށް ބޭނުން ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355