twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހިރަފުސް ކަޕްގެ މެއިން ސްޕޮންސަރއަކަށް ޕެންޓަގުރާމް

Jul 1, 2017

ކުޅުދުއްފުށީގައި މެދު ނުކެނޑި ބާއްވާތާ އެންމެ ގިނަ ދުވަސްވީ މުބާރާތް، ހިރަފުސް ކަޕްގެ މިއަހަރުގެ މެއިން ސްޕޮންސަރއަކަށް ޕެންޓަގުރާމް ހަމަޖެހިއްޖެ އެވެ.

ރޭ ހިރަފުސް ދަނޑުގެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މެއިން ސްޕޮންސަރ އާ އެކު ސޮއިކޮށްފަ އެވެ. ހިރަފުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ އެޖަމިއްޔާގެ ރައީސް މުހައްމަދު ހަސަން އެވެ. ޕެންޓަގުރާމްގެ ފަރާތުން ސޮއިކުރެއްވީ އެފިހާރައިގެ އޯނަރު މާހިރު އަބުދުﷲ އެވެ. މިއީ ޕެންޓަގުރާމްއިން މިމުބާރާތް ސްޕޮންސަރކުރި ދެވަނަ ފަހަރެވެ.

މިރަސްމިއްޔާތުގައި ހިރަފުސްގެ އާ ލޯގޯ ވަނީ ދައްކާލާފަ އެވެ. މިފުޓްބޯޅަ މުބާރާތުގައި އާއްމުކޮށް އަމަލުކުރަނީ އެންމެ ފަހުން  2014 ވަނަ އަހަރު އަޕްޑޭޓްކުރެވިފައިވާ ކުލޯޒްއަޕް ދަ ގޭމްގެ ގަވައިދަށް ކަމަށް ހިރަފުހުން މައުލޫމާތުދެ އެވެ.

10 ޓީމު ދެ ގުރާޕަކަށް ބަހާލައިގެން ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ 2 ގުރޫޕުން އެންމެ  ގިނަ ޕޮއިންޓް ހޯދާ 2 ޓީމެއް، ޖުމްލަ 4 ޓީމް ސެމީއަށް ގޮސް ކުރޮސްކޮށް ކުޅޭ ގޮތަށްށެވެ.

މުބާރާތުގައި ހޮވާ މަގާމުތަކަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި މުބާރާތުގެ ދެވަަނައަށް އެންމެ މޮޅު ކުޅުންތެރިޔާ އާއި މުބާރާތުގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ގޯލް ކީޕަރު، 35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާ، ކޮންމެ މެޗެއްގެ މެއިން އޮފް ދަ މެޗް، ޗެމްޕިއަން ޓީމް، އަދި ރަނަރަފް ޓީމް އެވެ.

މިމުބާރާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް ފުޓްބޯޅަ މުބާރާތެއް ގެނެސްދިނުންމާއި ކުޅިވަރު ކުޅޭ ޒުވާނުންގެ މެދުގައި އެކުވެރިކަން، އަދި އެއްބައިވަންތަކަން އާލާކޮށްދިނުން އެވެ.

މިއީ މިމުބާރާތް ބާއްވާ 10 ވަނަ އަހަރެވެ. މިމުބާރާތް ފެށުމަށް ޝެޑިއުލްކޮށްފައިވަނީ އަންނަ އޯގަސްޓްމަހު އެއްވަނަ ދުވަހަށް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355