twitterviber whatsapp telegramfacebookyoutube instagram
22nd February 2020

ދުނިޔޭގެ ރެކޯޑް ފީ އަކަށް ނޭމާ ޕީއެސްޖީ އަށް ބަދަލުވަނީ

Aug 2, 2017

ބާސެލޯނާގެ ތަރި ނޭމާ ފުރާންސްގެ ޕީއެސްޖީއަށް ބަދަލުވާން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޭމާ ޕީއެސްޖީއަށް ބަދަލުވާނީ އޭނާގެ ރިލީސް ކުލައުސްގެ އަގު ކަމަށްވާ 198 މިލިއަން ޕައުންޑަށެވެ. ނޭމާ 2013 ވަނަ ބުރެޒިލްގެ ސަންޓޯސް އިން ބާސެލޯނާއަށް ބަދަލުވީ 48.6 މިލިއަން ޕައުންޑަށެވެ. ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގައި ނޭމާއަށް ޓެކްސް ކެނޑުމަށްފަހު ހަފްތާއަކު 650000 ޕައުންޑް ލިބޭނެ އެވެ.

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ވަނީ މެސީގެ އިންސްޓަގުރާމްގައި ނޭމާ އަށް އަލްވަދާއު ކިޔާފަ އެވެ. އަދި ބާސެލޯނާގެ ވެބްސައިޓްގައިވެސް ނޭމާ ކުލަބު ދޫކޮށްލަން ބޭނުންވާކަން ވަނީ ހާމަކޮށްފަ އެވެ.

މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓެޑަށް 2016 ވަނަ އަހަރު 89.6 މިލިއަން ޕައުންޑްގެ ފީއެއްގައި ބަދަލުވި ޕައުލް ޕޮގްބާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355