ފަސްޓްލޭޑީ ބަށިބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން މާފަރު ހޯދައިފި

ނަސްވާ ޙަސަން - 1 މަސް ކުރިން - 5 އޯގަސްޓް 2017


ޒޯން އެކެއްގެ ބަށިބޯޅަ މުބާރާތުގެ ޗެންޕިޔަން މާފަރު ޓީމް-- ފޮޓޯ: ޝިޔާޒް

ފަސްޓްލޭޑީ ބަށިބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ނ.މާފަރު ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ށ.ގޮއިދޫގައި ކުޅުނު ފައިނަލް މެޗްގައި ރ.އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫ ބަށި ޓީމްގެ މައްޗަށް ހަތް ލަނޑުން ކުރި ހޯދައިގެން މާފަރު ވަނީ ޗެމްޕިއަންކަން ހޯދާފައި އެވެ.

މާފަރު ޓީމުން މެޗުގައި 27 ލަނޑު ހަދާފައިވާއިރު އިނގުރައިދޫ ޓީމަށް ހެދުނީ 20 ލަނޑެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށާއި މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިއަކަށް އަދި އެންމެ މޮޅު ހިފުންތެރިއަކަށްވެސް ހޮވިފައި ވަނީ މާފަރު ޓީމްގެ ރުކުޝާނާ އާދަމްއެވެ.

ޒޯން އެކެއްގެ މެޗުތައް ވަރަށް ވާދަވެރިކަމާއެކު ކުރިއަށްގޮސްފައިވަނީ ގޮއިދޫގައި އެވެ. އަދި ޒޯން އެކެއްގައި ދެން ވާދަކުރީ ށ ގޮއިދޫއާއި ހއ ކެލާއެވެ. ޒޯން ދޭއްގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ނައިފަރުގައި އެވެ.

މުޅި ރާއްޖެއިން ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ބަށި މުބާރާތެވެ.


ގުޅުން ހުރި ލިޔުންތައް