ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވީނަސް ހައުސް ހޯދައިފި އެވެ. ވީނަސް ހައުސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މާކަރީ ހައުސް ބަލިކޮށް، 2-1 ތަފާތަކުންނެވެ.
މިމުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ، ވީނަސް ހައުސްގެ އިބުރާހިމް ބިން ހަމްޒާ، މާކަރީ ހައުސްގެ އަލީ ޔާސީން ބަޝީރު، މާޒް ހައުސްގެ ނާހިލް އައްބާސް، ފުލޯޓޯ ހައުސްގެ މުހައްމަދު އަބުދުލް ބާއިޝް އަބުދުލް ސަލާމް، ވީނަސް ހައުސްގެ މަތީން ބަސީރު ހަމަ އެހައުސްގެ އަހުމަދު އީހަމް ހަމްޒާ، އަދި މާޒް ހައުސްގެ މުހައްމަދު ހަމްދާން ރަޝާދެވެ.
މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ވީނަސް ހައުސްގެ އިބުރާހިމް ބިން ހަމްޒާ އެވެ. އޭނާ ވަނީ މުބާރާތުގައި 6 ގޯލް ކާމިޔާބުކޮށްދީފަ އެވެ.
އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ހޯދީ މާކަރީ ހައުސް އެވެ. ޕުލޫޓޯ ހައުސް 21-5 ފޮޓުން ބަލިކޮށް މާކަރީ ހައުސް ވަނީ ތަފާތު ބޮޑު މޮޅެއް ހޯދާފަ އެވެ.
މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމެންޓް ކާމިޔާބުކިރީ މާކަރީ ހައުސްގެ ޝައިހާ އަލީ ރަޝީދެވެ.
މިމުބާރާތުގެ ވެސް ވަނީ އެންމެ މޮޅު 7 ކުޅުންތެރިން ހޮވާފައި އެވެ. އެކުޅުންތެރިންނަކީ މާކަރީ ހައުސްގެ ރިފާ މުހައްމަދު، މަރިޔަމް ރީނާ، ޝައިހާ އަލީ ރަޝީދު، މާޒް ހައުސްގެ ފާތުމަތު އީޝާ ހަސަން، ފާތުމަތު ޝެނިން ހަސަން، ޕުލޫޓޯ ހައުސްގެ މަރިޔަމް މާލް، ވީނަސް ހައުސްގެ ފާތިމަތު ޒަމާ އެވެ.
މިދިޔަ ހަފުތާ ބަންދުގައި އޭއީސީ ކުޅޭ ބިމުގައި ކުރިއަށްދިޔަ ދެ މުބާރާތުގައި އެސްކޫލުގެ ހަތަރު ހައުސް ވާދަކޮށްފައިވެ އެެވެ.