twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެހާރާއި މިހާރުގެ ކައުންސިލަރުން އެއްމޭޒަކަށް، މުހިންމު މަޝްވަރާތަކެއް

Aug 13, 2017

ފުރަތަމަ ދައުރުގައި ކުޅުދުއްފުށީގައި ކައުންސިލަރުންކަން ކުރެއްވި މެމްބަރު މިހާރުގެ ކައުންސިލަރުންނާ ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ކައުންސިލް އިދާރާގައި އޮތް މިބައްދަލުވުމުގައި ފުރަތަމަ ދައުރުގައި ކައުންސިލަރުންކަން ކުރެއްވި ޖަމްޝީދު މުހައްމަދު، ފާރޫގު މުހައްމަދު، އިބުރާހިމް ރަމީޒް، އަލީ އާދަމް، މުހައްމަދު އަލީ، އަބުދުއްޝޫކޫރު ބައިވެރިވެލެއްވި އެވެ. ކުރީ ކައުންސިލަރުންތަކުގެ ތެރެއިން އަލީ ހަސަނަށް މިބައްދަލުވުމުގައި ބައިވެރިވެނުވެނީ ރަށުގަ ނޫޅުއްވާތީ އެވެ.

މިބައްދަލުވުމުގައި ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވެ އެވެ. އަދި އޭރުގެ ކައުންސިލަރުގެ ތަޖުރިބާވެސް ހިއްސާކޮށްފައިވެ އެވެ.

ކުރީގެ ކައުންސިލަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިބައްދަލުކުރެއްވުމުގައި ބައެއް ކަންކަމާމެދުވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ. އެގޮތުން ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަމުންދާއިރު އާއްމު ރައްޔިތުންނަށް އެކަމުގެ ހުރި ދަތިތަކާއި މަގުގެ ފެންވަރާ ބެހޭ ގޮތުންނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އެޅުމާއި ގޯތި ގެދޮރުގެ ދަތިކަން ފިލުވުމާއި ރޯހައުސް ކަންތައްތަކާއި އަލަށް ހެދޭ ބަނދަރާ ބެހޭ ގޮތުންނާއި ރަށުގެ މާލިއްޔަތު ހެޔޮގޮތުގައި ބޭނުންކުރުމާ ބެހޭ މަޝްވަރާއާއި މާލިއްޔަތު މުއްސަދި ކުރެވޭނެ ގޮތްތަކާއި ބެހޭ މަޝްވަރާތައް ހިމެނެ އެވެ. އަދި ވިޔަފާރި ބިންތައް ދޫކުރުމާއި ޕެޓްރޯލް ޝެޑްތައް ހެދުމާއި ތެޔޮ ބިންތަކާ ބެހޭ ގޮތުން މަޝްވަރާކުރުމާއި ރަށުގެ ލޭންޑްޔޫސް ޕްލޭނާއި ރަށުގެ ގްރީން ޒޯންތައް ތަރައްގީކުރުމާއި ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް އިތުރަށް ހޯދައިދިނުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މިބައްދަލުގައި ބައިވެރިވި ފުރަތަމަ ދައުރުގެ ކައުންސިލަރެއްކަމަށްވާ އަބުދުލް ޝުކޫރު ކޭއޯއަށް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި މިބައްދަލުވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ކުރިއަށް ރޭވިފައިހުރި މަޝްރޫއުތައް ސާފުވެގެންދިޔަ ކަމަށެވެ. އަދި މިހާރު ކައުންސިލުން ކުރެވެމުންދާ މަސައްކަތްތައްވެސް އެނގިގެންދިޔަ ކަމަށެވެ. އަދި މިހާރުގެ ކައުންސިލަށް ކަންތައްތައް ކުރުމަށް ހުރި ގޮންޖެހުންތައްވެސް ސާފުވެގެންދިޔަ ކަމަށެވެ.

ގޮންޖެހުންތަކެއްގެ ގޮތުގައި މިހާރުގެ ކައުންސިލުން ފާހަގަކުރެއްވީ ސަރުކާރުގެ މިނިސްޓްރީތަކާއި މުވައްސަސާތަކުން ލިބެގެން ޖެހޭ އެއްބާރުލުމާއި އެހީތެރިކަންނުލިބުން ދިމާވާ ދަތިތައްކަމަށް އަބުދުލް ޝުކޫރު ވިދާޅުވި އެވެ.

” އަޅުގަނޑުމެން ދައުރުގައި ފެށިފައި ހުރި ބައެއް މަޝްރޫއުތަކާއި ބެހޭ ގޮތުން އެބޭފުޅުން ސާފުކުރަން ބޭނުންވާ ބައެއް ކަންތައްތަކުގެ މައުލާމާތުވެސް އަޅުގަނޑުމެން ހިއްސާކުރިން ” ފުރަތަމަ ދައުރުގެ ކައުންސިލަރު ޝުކޫރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ ކުރީގައި ކައުންސިލަރުކަން ކޮށްފައިވާ ބޭފުޅުންތަކެއް ބައްދަލުކޮށް މަޝްވަރާތަކެއް ކުރުމަކީ ކައުންސިލްތަކުގެ ކުރިއެރުން ލިބޭނެ ކަމެއްކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލްގެ ހުރިހާ މެމްބަރުން ބައިވެރިވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355