twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފޮނި އެއްޗެހި ކެއުން މަދުކުރާނެ ގޮތް މިއޮތީ

Sep 28, 2017

މިއީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ގަޑިން ގަޑިއަށް ކާން އާދަ ހަރުލާފަ ހުރި ނަމަވެސް ކޮންމެވެސް ފޮނި އެއްޗެއް ކެއުމަށް ދެވި ހިފާފަ ހުރެއެވެ.

ފަލަވާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ހަކުރު ބޭނުން ކުރުމުން އަވަހަށް ބަނޑުލައި ފަލަވާގޮތް ދިމާވެއެވެ.

ޕްރޮޓީން ގިނަ ކާނާ ގިނައިން ބޭނުންކުރާށެވެ. ޑައިޓް ކުރާ މީހުން ވެސް އެންމެ ގިނައިން ބޭނުންކުރާ އެކަށްޗަކީ ޕްރޮޓީންއެވެ. އެއީ ޕްރޮޓީން ގިނަ ކާނާ ބޭނުންކުރުމުގެ ސަބަބުން ބަނޑުހައިނުވެ ގިނައިރު ހުރުމަށް އެހީ ވެދޭތީއެވެ. ބިސް، ބީންސް، ޔޯގަޓް ފަދަ ތަކެއްޗާއި ފޮނި އެއްޗެހި ބަދަލު ކޮށްލުމުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށް ދެއެވެ. އަދި ފޮނި އެއްޗެހި ކެއުމުން ދުރުކޮށްދެއެވެ.

ލުނބޯ، އޮރެންޖު ފަދަ ހުތް ކާނާ އަކީ ފޮނި އެއްޗެހި ކެއުމުން މަދުކޮށްދޭ އެންމެ ރަނގަޅު ހަތިޔާރެވެ. ހުތް ކާނާގައި ގިނަ އަދަދަކަށް ޕުރޮބައިއޯޓިކްސް ނުވަތަ އޯގާނިކް އެސިޑް ހިމެނުމުގެ ސަބަބުން ރަނގަޅު ބެކްޓީރިއާ އުފެދުމަށް އެހީވެދެއެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމުން ދުރުކޮށްދީ ހަށިގަނޑުގެ ދުޅަހެޔޮކަށް އިތުރުކޮށްދެއެވެ.

ކުޅި އެއްޗެހި ކެއުމަކީ ވެސް ފޮނި ތަކެތި މަތިން ފޫހިކޮށްލާ ކަމެވެ. ކުޅި ކާނާއޭ ބުނުމުން ކާންވީ މިރުހެއް ނޫނެވެ. ބޭނުންކުރަންވީ ހާރބް އެވެ. އެއީ ކާއެއްޗެހި ތައްޔާރު ކުރަން ބޭނުންކުރާ އިނގުރު ނުވަތަ ރީދޫ ފަދަ ތަކެއްޗެވެ. އެފަދަ ތަކެތި ބޭނުންކޮށްގެން މީރު ސައެއް ނުވަތަ ކިރު ތައްޓެއް ތައްޔާރު ކޮށްލާށެވެ. ފޮނި ކާ އެއްޗެހިން ދުރުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ގިނަ ފައިދާތަކެއް މި ތަކެތިން ކުރުވައެވެ.

ފޮނި ތަކެތިވެސް ކާންވާނެ އެވެ. އެކަމަކު ހުންނަން ވާނީ ވަކި މިންގަޑެއްގައި ކަން ދެނެގަންނަށް ޖެހޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355