twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހދ އަށް ހުޅުވައިލައިގެން ހޭންޑްބޯލް ކޯޗަސް ޓްރެއިނިން ޕްރޮގުރާމެއް ބާއްވަނީ

Aug 21, 2017

ޑަބިލިޔު ސްޕޯޓްސް އެކަޑަމީ އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ހޭންޑްބޯލް ކޯޗަސް ޓުރެއިނިން ޕްރޮގުރާމެއް އަންނަ މަހު ހދ އަތޮޅުގައި ބޭއްވުމަށް ވަނީ ހަމަޖެހިއްޖެ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ޑަބިލިޔު ސްޕޯޓްސް އެކަޑަމީ ފަރާތުން އައުޝަން ބުނިގޮތުގައި މިއީ ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވައިލައިގެ ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ.

އަދި ސެޕްޓެންބަރ މަހުގެ 20 ން 30 އަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި ތަމްރީން ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ގައުމީ ފެންވަރުގެ 2 ކޯޗުން ކަމަށެވެ.

އެގޮތުން ކޯޗުކަން ދަސްކުރުމުގެ ފުުރުސަތު 30 މީހުންނަށް ހުޅުވާލެވިފައިވާއިރު މިކަމަށް އެހެން ރަށްރަށުން އަންނަ ފަރާތަށް ކުޅުދުއްފުށީގައި ތިބުމަށާއި ކެއުން އިންތިޒާމްކުރާ ފަރާތުން ހަމަޖައްސާނެކަމަށް އައުޝަން ބުންޏެވެ.

އޭގެ އިތުރުން ހޭންޑް ބޯލް ކޯޗިން ކޭމްޕެއް އަފީފުއްދީން އަދި އެއީސީގެ ދަރިވަރުންނަށް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ދެ ޖިންސުގެ ހުރިހާ އުމުރު ފުރާއަކަށް ހުޅުވާލައގެން ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮގުރާމުގައި ހޭންޑްބޯލް ކުޅެން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައި އެވެ.

ހޭންޑް ބޯލް ކޯޗް ޓުރެއިނިން ޕްރޮގުރާމް އަދި ހޭންޑް ބޯލް ކޯޗިން ކޭންޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7948311 މި ނަންބަރަށް މެސެޖަކުން ނުވަތަ ގުޅައިގެން ނަންނޯޓު ކުރެވޭނެ އެވެ. އަދި ނަންނޯޓު ކުރާ ފަރާތްތަކުގެ ތެރެއިން ހޭންޑް ބޯލް ކޯޗް ޓުރެއިނިން ޕްރޮގުރާމްގައި ބައިވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ފޮނުވޭނެ ކަމަށް އައުޝަން ބުންޏެވެ.

އައުޝަން ބުނިގޮތުގައި މި ޕްރޮގުރާމުގެ އެންމެ ބޮޑު މަގްސަދަކީ ކުޅުދުއްފުށީގައި މި ކުޅިވަރު އާލާކޮށް 2018 ވަނަ އަހަރު މާލޭގައި އޮންނަ ހޭންޑް ބޯލް ޓޯނަމެންޓަށް ރަށުން ސުކޫލަކު ޓީމެއް ގެންދިޔުމަށް ކަމަށެވެ. އަދި 2018 އަހަރު ޔޫތް ޑިވެލޮޕްމެންޓް ޕްރޮގުރާމުގެ ދަށުން ރަށު ސުކޫލްތަކުގައި މި ކުޅިވަރު ކުޅެވޭނެ ގޮތް ހެދުމަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެގޮތުން ހޭންޑް ބޯލް މޯލްޑިވްސްގެ މަގްސަދަކަށްވެފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭންޑް ބޯލްގެ ދަސްކޮށްދެވޭ ވަރުގެ ކޯޗުންތަކެއް ނެރެ، މި ކުޅިވަރަކީ ގައުމީ ފެންވަރުގެ ފާހަގަކޮށްލެވޭ ކުޅިވަރަކަށް ހެދުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355