twitterviber whatsapp telegramfacebookyoutube instagram
7th June 2026

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް މިންވަރެއް

Aug 24, 2017

ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާދާރުންނަށް ވިދިވިދިގެން ހަތަރުވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް މިންވަރެއް ދިނުމަށް ފާސްކޮށްފިއެވެ.

ރޭ ހޮޓެލް ޖެން ގައި ކުރިޔަށް ގެންދިޔަ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 107.6 މިލިއަން ރުފިޔާ (ހިއްސާއަކަށް 20 ރުފިޔާ) ދިނުމަށް ފާސްކޮށްފައެވެ. މި އާއެކު ހިއްސާގެ ފައިދާގެ ގޮތުގައި އަދި ޓެކްސްގެ ގޮތުގައި ސަރުކާރަށް 370 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބޭނެއެވެ.

2016 ވަނަ އަހަރު ބީއެމްއެލްއިން ޓެކްސްއަށް ކެނޑުމަށްފަހު %61 ގެ ކުރިއެރުމަކާ އެކު 1.02 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ހަރުދަނާ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. ލޯނު ދޫކުރެވޭ ނިސްބަތް އިތުރުވަމުންދާއިރު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ދަށްކުރެވިފައެވެ.

ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައެވެ. 2016 ވަނަ އަހަރު ބޭންކުން ހިދުމަތްތައް ފުޅާކުރުމަށާއި އުމްރާނީ ތަރައްގީއަށް އަދި ސީއެސްއާރު ހަރަކާތްތަކަށް 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. މީގެ ތެރޭގައި 4 ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ އަލަށް ހުޅުވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355